ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަމާލުވޭ! ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލުނެރެފި

މިއަދު މާލޭސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ވެއްޓުނު ގަސްތައް ނެގުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ. ފޮޓޯ:އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ދާދިދެންމެއަކު ބުނީ، ށ.އަތޮޅާއި، މ.އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު 11:00 އިން ފެށިގެން، މެންދުރުފަހު 15:00 އާއި ހަމައަށް ބޯކޮށް ވާރޭވެހި، ބާރަށް ގުގުރުމާއެކު، އާންމުވައި ގަޑިއަކު 28 މޭލާއި 35 މޭލާއިދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް، މެޓްއޮފީހުން ހާމަކޮށްފައިވެއެވެ. މި ގޮތުން ށ.އަތޮޅާއި، މ.އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައިވާކަމަށް ވެސް، މެޓް އޮފީހުން ބުނެފައިވެއެވެ.

null

މެޓް އޮފީހުން ބުރާސްފަތި ދުވަހު ހާމަކުރިގޮތުގައި، މި މަހުގެ 12 ވަނަދުވަހު ހުޅަނގު މޫސުން ފެށުމާއި ގުޅިގެން، ވޭތުވެދިޔަ ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވެއެވެ.

މި ގޮތުން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ، އައްޑޫ ސިޓީ ގަމަށްކަމަށާއި، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެެއެވެ. މެޓް އޮފީހުން ބުނީ، އައްޑޫ ސިޓީއަށް 156 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށެވެ.

https://twitter.com/AdduCityCouncil/status/1260992968682385408?s=19

މިއަދު ކުރަމުންދާ ވިއްސާރައިގައި މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކަށް ބޮޑެތި ގަސްތައް ވެއްޓިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މީގެ އިތުރުން، މޫސުން ގޯސް ދުވަސްވަރަކަށްވުމުން ކަނޑު ދަތުރުފަތުރުކުރާ މީހުން އެ ކަމަށް ސަމާލުވުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.

މި ވިއްސާރައިގައި  މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކަށް މިއަދު ބޮޑެތި ގަސްތައް ވެއްޓިފައިވާއިރު، ބުރާސްފަތި ދުވަހު މެދުކެނޑުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން، އައްޑޫގެ އެކި އަވަށްތަކުގައި ފެންބޮޑުވެ، ގިނަ ގޭބީސީތަކަށްގޭބީސީތަކަށް ފެނުގެ އަސަރުކޮށްފައިވެއެވެ.

މި ގޮތުން ފެންބޮޑުވެގެން، ފޭދޫގެ 93 ގެއަކާއި، މަރަދޫފޭދޫގެ 19 ގެއަކާއި، މަރަދޫގެ 11 ގެއަކާއި، ހިތަދޫގެ 28 ގެއެއް ރެކޯރޑްކުރެވިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

https://twitter.com/MNDF_Official/status/1261176035657175040?s=19

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: