ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޑުއެހުންތައް ސިއްރުކޮށްގެން އީޝާގެ ގަޒްފުގެ މައްސަލައިގެ ޝަރީއަތް ފަށައިފި

އައިޝަތު އީޝާ އަޝްރަފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށްފައިވާ އަދަދު ނޫހުގެ ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅިގެން ގަޒްފުގެ ދައުވާ އުފުލާފައިވާ އައިޝަތު އީޝާ އަޝްރަފްގެ ޝަރީއަތުގެ އަޑުއެހުންތައް ފަށައިފިއެވެ.

މި ސަރުކާރުގައި ރައީސް އޮފީހުގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތްކުރި އީޝާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކުރީ މިއަދު 10:00 އަށެވެ. ކްރިމިނަލް ކޯޓުން އާންމުކުރާ މައްސަލަތަކުގެ ތާވަލުން އެނގޭ ގޮތުގައި، އެ މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރަން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.

އީޝާގެ މައްސަލަ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ގާޒީ އިބްރާހިމް ޒިހުނީ ހިންގަވާ ކްރިމިނަލް ކޯޓުގެ ބީ1 ސެކްޝަނުންނެވެ. އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައިގައި މީގެ ކުރިން އީޝާގެ ބަޔާން ނެގުމަށް ފުލުހަށް ހާޒިރުކޮށްފައިވާއިރު، އޭނާއަށް ރާއްޖެއިން ބޭރަށް ނުފުރޭ ގޮތަށް ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.

ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ގަޒްފުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އެ ދެ މީހުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.

އެ މައްސަލައާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުން ސުވާލުކުރުމުން، ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރަކާ ހިލާފުވިކަމަށް ނިންމައި އެ ނޫހުގެ ދެ ނޫސްވެރިޔަކު މީގެ ކުރިން ޖަލަށް ލާފައިވެއެވެ. އަދި އެފަހުން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަނުން އެ ނޫހުގެ ނޫސްވެރިންނަށް ވަނީ މަނާކޮށްފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: