ކޮރޯނާ ވައިރަހަށް ފުލުހުންގެ 23 މީހުން ޕޮޒިޓިވްވެފައިވާކަމަށް ކޮމޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
މި ކަން ހާމަކޮށް ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ 23 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށާއި، އެ ހުރިހައި އެންމެންގެ ހާލު ވެސް ރަނގަޅުކަމަށެވެ.
މީގެ އިތުރުން ޙަމީދު ވިދާޅުވީ، އެ 23 ފުލުހުންގެ އިތުރަށް، 293 ފުލުހަކު ވެސް އައިސޮލޭޓްކޮށްފައިވާ ކަމަށެވެ.
ޙަމީދު ވިދާޅުވީ، މި ފަދަ ދަނޑިވަޅެއްގައި، ޚިދުމަތް ފޯރުކޮށްދިނުމަށް ތިބޭ ފުލުހުން މަދުވެގެންދިޔަ ނުދިނުމަކީ މުހިންމުކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޙަމީދުވަނީ، ފުލުހުންގެ މެދުގައި ވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި، އެކަށީގެންވާ ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ޙަމީދު ވަނީ، މި ފަދަ ނާޒުކު ދަނޑިވަޅެއްގައި، މި މުހިންމު ޤައުމީ މަސައްކަތުގައި ބައިވެރިވެ މަސައްކަތްކުރަމުން އަންނަ އޮފިސަރުންނަށާއި، މުވއްޒަފުންގެ ބުރަ މަސައްކަތައް ސާބަސް ދަންނަވާފައެވެ.

