ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިހާރަތަކަށް ދިއުން މަދުކޮށް، އެ ގެއެއްގައި ފިހާރަތަަކަށް ދާން އެކަކު ބެހެއްޓުން މުހިންމު: ޑރ. އަފްޒަލް

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދުވަސް ވަރު ފިހާރަތަކަށް ދިޔުން ވީހާވެސް ބޮޑަށް މަދުކޮށް، ފިހާރައިން ގެޔަށް އައުމަށްފަހު ވެސް ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވެ ލައިގެން ހުރި އަންނަނު ބަދަލު ކުރުން އެއީ ވަރަށް މުހިންމުކަމެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ރޭ ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންއެއްގެ ބޭނުމަކީ ބަލި ފެތުރޭ މިންވަރު ދަށް ކުރުން ކަމަށެވެ. އަދި ލޮކްޑައުންގެ ތެރޭގައި ގެއަށް ބޭނުންވާ ޒަރޫރީތަކެތި ވިޔާފާރިކުރުމަށް އަބަދުވެސް އެކަކު ނިކުމެ އުޅުން އެއީ މުހިންމު ކަމެއް ކަމަށެވެ. އެ މީހަކީ އެއީ ބޭރަށް ނިކުތުމަށްފަހު ގެޔަށް އައިސް ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވެ ސާފުތާހިރުވާން ޖެހޭ މީހެއްގެކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ވިޔަފާރި ކުރަން ނިކުތުން ވީހާވެސް މަދު ކުރުމަށް އިލްތިމާސް ކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ، ވިޔަފާރިކުރުމަށް ފަހު ގެޔައަށް އައިސް ރަނގަޅަށް ފެންވަރާ ލައިގެން ހުންނަ ހެދުން ވެސް ބަދަލު ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ގޭބިސީގެ ތެރޭގައި ހައިރިސްކު ކެޓަގަރީގެ މީހުން ދިރިއުޅޭނަމަ އެގެއެއްގެ އެހެން ފްލޯތަކުން މީހުން އައުން ވެސް ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެގޮތުގެ މަތީން ސޯޝަލް ޑިސްޓެންސިން ގޭގައި ވެސް ގާއިމް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވަނީ ފިހާރައިން ގަންނަ ތަކެތީގެ މުއްދަތު ހަމަވާ ތާރީހަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވިދާޅުވީ ފިހާރައިން ގަނެގެން ގެންނަ ތަކެތި ބޭނުން ކުރަންވާނީ ރަނގަޅަށް ސާފު ކުރުމަށްފަހުގައި ކަމަށެވެ. އޭގެ ތެރޭގައި ތަރުކާރީ މޭވާ ފަދަ ތަކެތި ހިމެނޭނަމަ ރަނގަޅަށް ދޮވެ ސާފު ކުރުމަށް ޑރ. އަފްޒަލް ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް އުމުރުން ދުވަސް ވީ މީހުންގެ ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިޔަށް ދާކަން ފާހަގަކުރައްވާ ޑރ. އަފްޒަލް ވަނީ އެކަމަށް އާއިލާތަކުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. އިއްޔެ ވެސް މިގޮތުން ނެގުނު ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާއިރު އެއްވެސް އަލާމާތެއް ނެތި ބަލި ހުރި މީހުން ދެނެގަތުން މުހިންމުކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: