ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސަލް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި، ރަނިންގމޭޓަކަށް އާޒިމް

ފައިސަލް ނަސީމް އަދި އާދަމް އާޒިމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ ހާމަ ކުރައްވާފައެވެ. އަދި ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ.

ފައިސަލް އެކްސްގައި ކުރެއްވިޕޯސްޓުގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެންބަރުންގެ ތާއިދަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހަށް ބެއްލެވުމަށްފަހު، އެމްޑީޕީގެ އިސް ބޭފުޅުންނާއި އާންމު ރައްޔިތުންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި މި ނިންމެވުމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އެބައޮތް ކަމަށްވެސް ފައިސަލް ފާހަގަކުރެއްވިއެވެ.

ސާލިޙްގެ ތާއިދު އޮތް ކަމަށް ފައިސަލް ވިދާޅުވެފައިވާއިރު ސާލިޙް ފައިސަލްއަށް ތާއިދު ކުރައްވާކަން ސާލިޙްގެ އަރިސް ބޭފުޅުން ވަނީ ”ސަންގު“ އަށް ކަށްވަރު ކޮށްދީފައެވެ. ނަމަވެސް ރައީސް ސާލިޙް ރަސްމީކޮށް ފައިސަލްއަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވާފައެއް ނުވެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާއި ގުޅޭގޮތުން ސުވާލު ކުރުމުން ފައިސަލް ވިދާޅުވެފައި ވަނީ، ގައުމުގައި ރަނގަޅު ހެޔޮ ވެރިކަމެއްކޮށް، ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުމުގެ މަސައްކަތް ކުރުމަށް އެމަނިކުފާނުގެ ޝައުގުވެރިކަން އެބައޮތް ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ރައްޔިތުން އެދެނީ ހެޔޮ ބަދަލަކަށްކަމަށް ގަބޫލުކުރައްވާކަމަށާއި، އެ ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައްކުރައްވާނެކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމެވެ.

އެމްޑީޕީއަށް ވެރިކަން ލިބި، ރައްޔިތުންނަށް އަނެއްކާވެސް މި އަނބުރާ ނެގި ބާރުތައް ދީ، ތަރައްޤީއާއި ފަސޭހަ ކަމާއި ހަމަހަމަކަން ގެނެވޭނެ، އެ މަސައްކަތަށް މަގުފަހިކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް އަޅުގަނޑު ކުރާނަން

ފައިސަލް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު މި މަސައްކަތުގައި ދެމިހުންނަވަނީ ގައުމަށް ހެޔޮއެދޭތީ އާއި ރައްޔިތުންނަށް ބޭނުންވާ ކުރިއެރުން ހޯދައިދިނުމުގެ ސީދާ މަގްސަދުގައެވެ. އަދި ވެރިކަމުގެ ޝައުގުވެރިކަން ދާދިފަހުން ފާޅުކުރައްވާފައިވާނެ ކަން ފާހަގަކުރައްވަމުން، މިއަދުވެސް އެ ޝައުގުވެރިކަމާއި އަމާޒު ހުރީ އެގޮތުގައިކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: