ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ އައު އިމާރާތް އަޅާނީ ސޯޝަލް ސެންޓަރު ފަހަތުގައި އޮންނަ ބިމުގައި!

ސުޕްރީމް ކޯޓުގެ ބޭރުން/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް/ މުހައްމަދު ޖުނައިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ އައު އިމާރާތް އަޅަން ސޯޝަލް ސެންޓަރު ފަހަތުގައި އޮންނަ ބިން ހަމަޖައްސައިދީފިއެވެ.

ސުޕްރީމް ކޯޓަށް 18 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ އެ ކޯޓުގެ އައު އިމާރާތް އަޅަން ބިމެއް ހަމަޖެހިފައިވާކަން އިއުލާނުކުރައްވައިފައެވެ. ނަމަވެސް އެއީ ކޮން ބިމެއް ކަމެއް ހާމައެއް ނުކުރައްވައެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަަލު ”ސަންގަށް“ ވިދާޅުވި ގޮތުގައި، އެ ކޯޓުގެ އާ އިމާރާތް އެޅުމަށް ބިން ހަމަޖައްސާފައިވަނީ، ސޯޝަލް ސެންޓަރު ފަހަތުގައި އޮންނަ ބިމުންނެވެ. އެއީ 18،000 އަކަފޫޓުގެ ބިމެކެވެ.

އޮފިޝަލު ވިދާޅުވީ، މިހާރު އެ ބިން ސަރުކާރުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ މަޝްރޫއަށް ކޮންޓްރެކްޓަރަކު ހަމަޖެއްސިކަމެއް އަދި އެނގިފައި ނުވެއެވެ.

ސުޕްރީމް ކޯޓުގެ އަހަރީ ދުވަހުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ، އެހެން ކޯޓުތަކާ އެއްގޮތަށް ސުޕްރީމް ކޯޓަށް ވެސް ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރަން އާ އިމާރާތެއް އަޅަން ސަރުކާރުން ބިމެއް ހަމަޖައްސައިދިނީ މާލޭގެ އެންމެ ޕްރައިމް އެއް ލޮކޭޝަނުން ކަމަށެވެ. އެ ކޯޓުގެ އައު އިމާރާތުގެ މަސައްކަތް އަވަަހަށް ފެށިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިހާރު ސުޕްރީމް ކޯޓު ހިންގަމުން އަންނަނީ، ހައިކޯޓު ވެސް ހިންގަމުން އަންނަ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި ތީމުގޭގައެވެ.

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ހުޅުމާލޭގައި 14 ބުރީގެ ކޯޓް ކޮމްޕްލެކްސް އިމާރާތެއް އަޅަން މި އަހަރުގެ ޖުލައި މަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އެ އިމާރާތަކީ ހައިކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓު އަދި ޑީޖޭއޭ ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: