ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއް: ގީލާ

ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ވަކި ބައެއްގެ ކަމެއް ނޫންކަމަށާއި އެއީ އެންމެންގެ މަސްއޫލިއްޔަތެއްކަމަށް ސިއްހަތާއި އާއިލާއި އިޖުތިމާއި އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ނަފުސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކޮމިއުނިޓީ ކަލަރ ރަން ނިންމުމުގެ ރަސްމިއްޔާތުގައި ގީލާ ވިދާޅުވީ އެކަނިވެރިކަމާއި ހިތްދަތިކަމުގައި އެފަދަ ގޮންޖެހުންތައް ތަހައްމަލު ކުރުމުންދާ ފަރާތްތަކުގެ އަޑު އެހުމުން ނޫނީ އެމީހުންނަށް ބޭނުންވާ ހަގީގީ އެހީތެރިކަން ފޯރުކޮށް ނުދެވޭނެކަމަށެވެ.

މިއަހަރުގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ޝިއާރު ކަމުގައިވާ ”ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު“ މި ޝިއާރަށް އަލިއަޅުވާލައްވާ މިނިސްޓަރު ވިދާޅުވީ، އެކަމުންވެސް ހަނދާންކޮށްދެނީ ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަށް ވެގެންނުވާނެކަން ކަމަށެވެ. އަދި ކޮންމެ ފަރުދަކު ވެސް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހިއްސާ ކުރަން ހުރި ތަޖުރިބާތައް ހިއްސާކުރުން މުހިއްމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން އެ އަޑުތައް އަހައި، އެ ހާލަތްތަކަށް އިޖާބަދޭންވީ ވަގުތަކީ މިއީ. މިއީ ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އަށަގެންފައިވާ ނުރަނގަޅު ތަސައްވަރުތަކާއި ލޭބަލްތައް މުޅިން ފޮހެލަންޖެހޭ،“

މިނިސްޓަރު ވިދާޅުވީ، އެކަކު އަނެއްކަކަށް ލޮތްބާއި އޯގާތެރިކަމާއި އަޅާލުން އިސްކުރާ ރައްކާތެރި މާހައުލެއް ބިނާކުރުމަކީ މިއަދު އެންމެންގެ ކޮނޑުގައި އެޅިފައިވާ މުހިންމު ފަރުދީ އަދި ގައުމީ ޒިންމާއެއް ކަމަށެވެ. މީގެ އިތުރުން، މިއަދު ބޭއްވި ކަލަރ ރަންއަކީ ހަމައެކަނި ދުވުމެއްގެ ގޮތުގައި ނުބެލުމަށާއި މިއީ އެންމެން އެއްވެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމާއެކު އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށްވެސް ލިބުނު ރަނގަޅު ފުުރުސަތެއްގެ ގޮތުގައި ދެކުމަށް މިނިސްޓަރު އެދިވަޑައިގައެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ވަކި ބައެއްގެ ކަމެއް ނޫންކަމާއި އެއީ އެންމެންގެ މަސްއޫލިއްޔަތެއްކަން މި ހަރާކާތުން ހަނދާންކޮށްދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ސިއްޙަތު ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދަނީ ކ. ކާށިދޫގައެވެ.

ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ތަރައްގީކުރުމަށް ނަފްސާނީ މައްސަލަތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ހެލްޕްލައިން ”1677“ ތައާރަފުކުރީ 2024ވަނަ އަހަރުގައެވެ. އަދި ހެލްޕްލައިނަށް، މިހާތަނަށް 23،000އަށްވުރެ ގިނަ މީހުން ގުޅައި އެހީތެރިކަން ހޯދާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: