ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާތީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތައް ގެންނަންޖެހޭ: ގީލާ

ޝެއާރކޮށްލާ ކަހަލަދޯ؟

މި މުޖުތަމައުގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ ކަަމަށާއި އެހެންކަމުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ދިވެހީން ހެޔޮ ބަދަލުތައް ގެންނަން މަޖުބޫރުވެފައިވާކަމަށް ހެލްތު މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ފެމިލީ އެންޑް ހެލްތު އެކްސްޕޯގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ މުހިންމުކަމެއް ކަމަށާއި އެކަމަށް އާންމު ދިރިއުޅުމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މި މުޖުތަމައުގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ ކަަމަށާއި އެހެންކަމުން ދިރިއުޅުމުގެ ވައްޓަފާޅިއާއި ހެޔޮ ބަދަލުތައް ގެންނަން ވަނީ މަޖުބޫރުވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގީލާ ވިދާޅުވީ ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށެވެ. މީގެ އިތުރުން އާއިލީ ދުޅަހެޔޮކަން އިތުރު ކުރުމާއި، އެކި އުމުރުފުރާގެ މީހުންގެ މެދުގައި އެއްބައިވަންތަކަން އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އަދި ފުރިހަމަ ސިއްހަތެއްގައި ނަފްސާނީ ދުޅަހެޔޮކަން މަތީގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ، ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ.

މިއަހަރު ބާއްވާ ހެލްތު އެންޑް ފެމިލީ އެކްސްޕޯގައި 60 ފަރާތަކުން ބައިވެރިވެއެވެ. ގީލާ ވިދާޅުވީ ކުރީގެ އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަން ތައްޔާރަށް ތިބި މިންވަރު ކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ހެލްތު އެކްސްޕޯގެ ޝިއާރަކީ، ”ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި“އެވެ. މިޝިއާރުގެ ދަށުން ކުރިމަގު ބައްޓަން ކުރުމުގެ ވިސްނުން ހުންނަންޖެހޭ ކަމަށާއި، މިއަހަރުގެ އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ އަހަރު ލިބުނު ތަރުހީބުގެ ސަބަބުން ކަމަށް ގީލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: