ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިހާރައެއްގައި ވިއްކަން ހުރި އެހެން ދީނެއް ރަމްޒުކޮށްދޭ 6 ޕޮޓެއް ފުލުހުންގެ ބެލުމުގެ ދަށަށް

ދިވެހި ފުލުހުންގެ ޚިދުމަތް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިހާރައެއްގައި ވިއްކަން ހުރި އެހެން ދީނެއް ރަމްޒުކޮށްދޭ 6 ޕޮޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެ ފޭސް 2 ގައި ހުންނަ ފިހާރައެއްގައި، އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުން އެ ފިހާރަ ބަލައިފާސްކޮށް އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން، 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ 18:15 ހާއިރު ފުލުހުން އެ ފިހާރައަށް ގޮސް ބެލިބެލުމުން، އެފަދަ 6 ޕޮޓެއް އެ ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޕޮޓުތަކުގައި ކަނޑާނަގާފައި ހުރީ ހިންދޫން އަޅުކަންކުރާ ބުދެކެވެ.

އެ ޕޮޓުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އެ ތަކެތި ވިއްކަން ހުރި ފިހާރައަށް ވެސް މީގެ ކުރިން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: