ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 30 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ހަލުވި ކަމާއި އެކު މާލޭގައި ކޮރޯނާ ވައިރަސް ދަނީ ފެތުރެމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް އިތުރު30 މީހަކު ރާއްޖެއިން ޕޮޒިޓިވްވެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،216 އަށް އަރައިފިއެވެ. 

ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވިޓެއްގައި ބުނީ މިއަދު މެންދުރު ފަހު2:00 އާއި ހަމަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 14 ދިވެހިންނާއި،10 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަ މީހުންނެވެ. 

https://twitter.com/HPA_MV/status/1263398972166680578

މިހާތަނަށް ރާއްޖެއިން12،00 އަށް ވުރެ ގިނަ މީޙުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު ބައްޔަށް ފަރުވާ ދެވި ބަލިން ރަނގަޅުވެފައި ވަނީ 91 މީހުންނެވެ. އަދި ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. 

މާލޭގައި އެންމެ ފުރަތަމަ ކޮރޯނާ ވައިރަހަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މިދިޔަ އެޕްރީލް މަހުގެ15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މާލެ ވަނީ ލޮކްޑައުންކޮށްފައެވެ. އަދި އެޗްޕީއޭއާއި ފުލުހުންގެ ހާއްސަ ހއުްދައެއް ލިބިގެން ނޫން ގޮތަކަސް މާލެއަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. 

އެގޮތުން މާލޭގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރާނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރ އަބްދުﷲއަމީން ވަނީ ކުރައްވާފައެވެ. އެހެން ނަމަވެސް ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: