އަތޮޅުތެރޭގެ ހަތަރު މެޖިސްޓްރޭޓު ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަންކޮށްފިއެވެ.
މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން 2026 އޮގަސްޓް 03 ގައި ކޮށްފައިވާ އިއުލާނުގެ ދަށުން ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ބޭފުޅުން އައްޔަންކުރަން ނިންމީ 12 އޮކްޓޯބަރުގައި ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައެވެ.
އެގޮތުން އެ މަގާމުތަކަށް އައްޔަންކުރި ބޭފުޅުން މަގާމުގެ ހުވާކުރެއްވީ އިއްޔެއެވެ.
މެޖިސްޓްރޭޓް ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:
- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒާ މަރިޔަމް ޢާސިރާ
- ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒު ޙުސައިން ރަމީޒު
- ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒު ފަތުޙުﷲ ޢަލީ
- ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒާ ދިޔާނާ މަޖީދު
އެ ބޭފުޅުންނަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދުއެވެ.

