ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނީ ހަމަ އެންމެ މީހަކަށް- ޑރ.މުރާދު

ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަ މީހާއަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގަައި. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެތެރެއިން ވެންޓިލޭޓަރުގައި މިހާރު ފަރުވާދެމުން އަންނަނީ ހަމަ އެންމެ މީހަކަށްކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން (އެންއީއޯސީ) ބުނެފިއެވެ.

ކޮވިޑް-19 އިގެ މަޢުލޫމާތުތައް ޢާންމުކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، އާދީއްތަވިލޭރޭ އެންއީއޯސީގައި ބޭއްވި ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ،  ވައިރަހަށް ޕޮޒިޓިވްވެގެން ފަރުވާދެމުން އަންނަ މީހުންގެތެރެއިން ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަނީ ހަމަ އެންމެ މީހަކަށްކަމަށެވެ.

މީގެ އިތުރުން ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ،  އެ މީހާއަށް ފަރުވާދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ DH 11 ގައިކަމަށާއި، އެ މީހާއަކީ މިހާރު ބަލިން ރަނގަޅުވެފައިވާ މީހެއްކަމަށެވެ.

”އޭގެ އިތުރަށް އަޅުގަނޑުމެން އައިސޮލޭސަން ފެސިލިޓީތަކުގައި ޕޮޒިޓިވްވެގެން ބަލަހައްޓަމުންގެންދާ
ބަލިމީހުންގެ އަދަދުތަކުގެތެރެއިން އޭގެ އިތުރަށް އަޅުގަނޑުމެން ފާހަގަކޮށްލަން ހޮސްޕިޓަލުގަ ފަރުވާދެވެމުންދާ މީހުންގެ އަދަދުތައް ހުރިގޮތް އަޅުގަނޑު ކިޔާލަދޭނަން. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އަޅުގަނޑުމެން މިހާރު އެޑްމިޓްކޮށްފަވަނީ އެންމެ ފަރާތެއް. އެ ފަރާތުގެ އެފަރާތަކީ ވެސް މިހާރު އަނެއްހެން ބަލިން ރަނގަޅުވ ނެގެެޓިވްވެފައިވާ ފަރާތެއް. އެންމެ ޕޭޝަންޓެއް DH 11 ގަ އަޅުގަނޑުމެން ބަލަހައްޓަމުން މި ގެންދަނީ.“ ޑރ.މުރާދު

އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި 10 މީހަކަށް ފަރުވާދެމުން އަންނައިރު، އޭގެތެރެއިން 03 މީހަކަށް ފަރުވާދެނީ އައިސީޔޫގައިކަމަށް ވެސް، ޑރ.މުރާދު ވިދާޅުވިއެވެ. ނަމަވެސް އެ 03 މީހުންގެތެރެއިން ވެންޓިލޭޓަރުގެ އެހީގައި އެކަކަށް ފަރުވާދެމުން އަންނަ ކަމަށް ވެސް ޑރ.މުރާދު ވިދާޅުވިއެވެ.

”ދެން ޓްރީޓޮޕް ހޮސްޕިޓަލްގަ ފަރުވާދެވެމުންދާ މީހުންގެ ޖުމްލަ އަދަދަކީ 10. އޭގެތެރޭގަ 03 ބަލިމީހަކު އަޅުގަނޑުމެން އައިސީޔޫގަ ފަރުވާދެވެމުން މިދަނީ، ނަމަވެސް އެ 03 މީހުންގެތެރެއިން ވެސް އެންމެ ބަލި މީހެއް މި ވަގުތު ވެންޓިލޭޓަރުގެ އެހީގަ އަޅުގަނޑުމެންނަށް ފަރުވާދެވެމުން މިދަނީ. އެހެންވީމަ މި ވަގުތު ކޮވިޑް-19 އަށް ފަރުވާދެވެމުންދާ ބަލިމީހުންގެތެރެއިން ވެންޓިލޭޓަރުގެ އެހީގަ ފަރުވާދެވެމުން މިދަނީ ހަމަ އެންމެ ބަލި މީހަކަށް.“ ޑރ. މުރާދު

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެތެރެއިން ޖުމްލަ 127 މީހަކު ރަނގަޅުވެފައިވާއިރު، ހޮނިހިރު ދުވަހުގައިވެސް 39 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. މި ގޮތުން މިހާތަނަށް ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު މިވަނީ، 1313 އަށް އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: