ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ދުވަހުގެ ދުވަހުގެ މުނާސަބަތާ ގުޅުވައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަސްވެރިން މަސް ބޭނުން / ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ”މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން“ މި ޝިއާރުގެ ދަށުންނެވެ. މި ބަހުސް މުބާރާތް ކުރިއަށްދާނީ މިއަހަރުގެ ޑިސެމްބަރު 3 އިން 7 ގެ ނިޔަލަށެވެ.

މި މުބާރާތުގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، އެކެޑެމީތަކާއި، ކްލަބް ޖަމްއިއްޔާތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށާއި އަމިއްލަ ޓީމުތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މުބާރާތުގެ ގަވާއިދު ބަޔާންކުރާ ގޮތުގައި ކޮންމެ ޓީމެއްގައި ތިން ބައިވެރިން ތިބެންޖެހޭއިރު، ބަދަލުގައި އަރާނެ އިތުރު ދެ ބައިވެރިން ހިމެނުމުގެ އިޚުތިޔާރު އޮންނާނެއެވެ. އަދި މި މުބާރާތުގައި ބައިވެރިވެވޭނީ މިއަހަރުގެ ޖަނަވަރީ މަހަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

މި މުބާރާތުން އެންމެ މޮޅު ތިން ޓީމާއި އެންމެ މޮޅު ތިން ބަހުސްކުރުންތެރިން ހޮވުމަށް ވަނީ ކަނޑައަޅާފައެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. މި މުއްދަތުގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފައިވާއިރު، އިތުރު މައުލޫމާތު ސާފުކުރުމަށް 3339223 ނުވަތަ 3339272 ނަންބަރު ފޯނާ ގުޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: