ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 9 މީހުންގެ ވަނަވަރު އާންމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ދިވެހި ނުވަ ފިރިހެނުންގެ ވަނަވަރު މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު އާންމުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، އަޕާ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި މައްސަލައިގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް ފޮނުވައިގެން އެ ރަށުގައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނައިރު، ތުހުމަތު ކުރެވޭ ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް، ފުލުހުން ވަނަވަރު އާންމުކުރި މީހުންނަކީ:

  • މުހައްމަދު މައިސަން ޝިޔާޒު (21 އަހަރު)
  • އަހުމަދު އިފްތިޝާމް ޒަރީރު (24 އަހަރު)
  • ނަޖުމުﷲ ހަސަން (35 އަހަރު)
  • އާޒިމް މުފީދު (24 އަހަރު)
  • އަލީ ހުޒާމް ސައީދު (31 އަހަރު)
  • މުހައްމަދު ސޯލިހު އަހުމަދު (26 އަހަރު)
  • އަހުމަދު ނޫހު ނިޔާޒު (20 އަހަރު)
  • މުހައްމަދު މިޝަލް އަހުމަދު ޒުހައިރު (20 އަހަރު)
  • އަހުމަދު ސާނިޖު ސޯދިގު (32 އަހަރު)

ފުލުހުން ބުނީ މި ތުހުމަތުތަކާ ގުޅިގެން، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: