ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޔޫއޭއީގެ ނުސެއިބާއަށް ރާއްޖެއިން ތާއީދުކޮށްފި

އދ. ގެ ހުސްވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކުރިމަތިލައްވާފައިވާ ލާނާ ޒަކީ ނުސެއިބާ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ގެ ހުސްވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކުރިމަތިލައްވާފައިވާ ލާނާ ޒަކީ ނުސެއިބާއަށް ތާއީދުކުރަން ދިވެހިރާއްޖެއިން ރަސްމީކޮށް ނިންމައިފިއެވެ.

މި މަގާމަށް ވާދަކުރައްވާ ނުސެއިބާއަކީ މިހާރު ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

މީގެއިތުރުން، އޭނާއަކީ މީގެ ކުރިން އދ. އަށް ޔޫއޭއީން ކަނޑައަޅާފައި ހުންނެވި ދާއިމީ މަންދޫބުގެ އިތުރުން އދ. ގެ ވިމެން އެކްޒެކިއުޓިވް ބޯޑުގެ ރައީސްކަން ވެސް ކުރައްވާފައިވާ، ޚާރިޖީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެކެވެ.

ޔޫއޭއީން ނުސެއިބާގެ ނަން ހުށަހަޅާފައިވާއިރު، ގަލްފް ސަރަހައްދުގެ ގައުމުތަކުގެ ބޮޑު ތާއީދެއް މިހާރުވެސް އޭނާއަށް ވަނީ ލިބިފައެވެ. އެގޮތުން ސައުދީ އަރަބިއްޔާ، ގަތަރު، އޮމާން، ކުވައިތު އަދި ބަހުރެއިން ފަދަ ގައުމުތަކުން ވަނީ އޭނާއަށް ތާއީދުކުރަން ނިންމާފައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެން އަންނަ ސެކްރެޓަރީ ޖެނެރަލަކީ އދ. ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގައި ސާބިތުވެ ހުންނަވާ އުސޫލީ ލީޑަރަކަށް ވާންޖެހެއެވެ.

މީގެއިތުރުން، އދ. ގެ އެންމެ އިސް ހިންގުމާ އަންހެން ލީޑަރަކު ހަވާލުވުމުގެ ވަގުތު ޖެހިފައިވާ ކަމަށް ރާއްޖެއިން ކުރިންވެސް ވަކާލާތު ކުރަމުންދިޔަ ދިއުމަށް، މި ނިންމުމުގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: