ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސިޑެންޓެއްގައި އަންހެނަކު ނިޔާވި މައްސަލައިގައި އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް ނަގައިދީފި

މުހައްމަދު ނައުސާން -- ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ކައްދޫގައި ލައިސަންސް ނެތި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް، މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި، އެކަކު ނިޔާވެ، އަނެކަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ނަގައިދިނުމަށް ފޮނަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ރޭ 19:18 ހާއިރު، ލ. ފޮނަދޫ، ހޯރަވިލާ، މުހައްމަދު ނައުސާން، ލާމު ލިންކް ރޯޑުން ދެކުނުން އުތުރަށް ބާރު ދުވެލީގައި ދުއްވާފައި ދަނިކޮށް، ކައްދޫ އިސްކަންދަރު އެއާބޭސްގެ ޓާމިނަލް މަގާއި ލިންކް ރޯޑު ގުޅޭ ހަތަރުއަނގޮޅީގެ ކަފިހިހުރަހުން ކައްދޫ ބަނދަރާ ދިމާލަށް ހުރަސްކުރަމުން ދިޔަ ދެ މީހެއްގެ ގައިގައި ސައިކަލުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ.

މި އެކްސިޑެންޓުގައި މަގު ހުރަސްކުރަން މަސައްކަތްކުރި ލ. މާވަށް، އެތުމާ، މަރްޔަމް މޫސާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ރޭ 22:12 ހާއިރު ވަނީ ނިޔާވެފައެވެ. އޭގެ އިތުރުން، އއ. ހިމަންދޫ، ގަލްފް، އަބްދުއްސަލާމް ހުސައިންގެ ގައިގައި ސައިކަލުން ޖެހި އޭނާއަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތި ސައިކަލު ދުއްވި، ނައުސާންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ހާދިސާގެ ފަހުން އޭނާ ހައްޔަރުކުރުމަށްފަހު ބެހެއްޓީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މައްސަލައިގައި ފޮނަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފައިވާއިރު، ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ނައުޝާދުގެ މައްޗަށް ޖަލު އަދަބެއްގެ ގޮތުގައި ކަނޑައެޅީ ތިން އަހަރު ދުވަހެވެ. ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ބަންދުގައި ހޭދަކުރަން ޖެހޭނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހެވެ.

އޭގެ އިތުރުން، މީހަކު މަރުވުމުގެ ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް އޭނާއަށް އަންގާފައިވާއިރު، މަރުހޫމާގެ ވާރިސުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނެފައިވާތީ، މަރުގެ ދިޔައިގެ ގޮތުގައި 1,000,000 ރުފިޔާ ދައްކަން އަންގާފައިވެއެވެ. އެ ފައިސާ ދައްކަންޖެހެނީ ހުކުމް ކުރި ދުވަހުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: