ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމުގެ މުއްދަތު 3 މަސްދުވަހަށް އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދުތަކާ އެއްގޮތަށް، ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމަށް ދީފައިވާ މުއްދަތު އިތުރު 3 މަސްދުވަހަށް އިތުރުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައިފިއެވެ. އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ ދާދިފަހުން ނެރުނު ރަސްމީ އިޢުލާނެއްގައެވެ.

އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 7 ވަނަ ބާބަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާފައިވާ ނޫސްމަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ އެންމެހައި ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ ރިކޯޑުތައް އަދާހަމަކުރުމަށް ކުރިން ދީފައިވަނީ 6 މަސްދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވާން އޮތީ 28 އޮކްޓޫބަރު 2026 އަށެވެ.

ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ރެކޯޑުތައް އަދާހަމަކުރުމުގައި ދަތިތަކެއް ހުރެދާނެކަމަށް ބަލައި، ނޫސްމަޖައްލާތަކަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން މުއްދަތު އިތުރުކުރަން ނިންމީ ކަމަށް ކޮމިޝަނުން ބުނެއެވެ. މި ބަދަލާއެކު، ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމުގެ އެންމެ ފަހު ތާރީޚަކީ 28 ޖަނަވަރީ 2027 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 ކަމުގައި އެ ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ކޮމިޝަނުން ފާހަގަކުރި ގޮތުގައި، މުއްދަތު އިތުރުކޮށްދިނުމުން ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް ނޫސްމަޖައްލާތައް ރަޖިސްޓަރީކޮށް، ރިކޯޑުތައް އަދާހަމަކުރުމަށް މީޑިއާތަކަށް ބޮޑު ލުޔަކާއި ފަސޭހައެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: