ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އަމާޒަކީ ދިވެހި ވިޔަފާރިތަކަށް ވަރުގަދަ ބައިވެރިންތަކެއް ހޯދައިދިނުން: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް އިންވެސްޓްމަންޓްތައް އިތުރުކޮށް، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ހުނަރުވެރިކަން ކުރިއަރުވައި، ދިވެހި ވިޔަފާރިތަކަށް ވަރުގަދަ ބައިވެރިންތަކެއް ހޯދައިދިނުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން އަންނަނީ އައު އުސްމިންތަކަކަށް ވާޞިލްވަމުން ކަމަށެވެ. ”ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް“ އަކީ ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ކުރެވުނު މަޝްވަރާތަކާއި، ދެ ޤައުމުގެ މެދުގައި ޤާއިމުކުރެވުނު ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕްގެ ނަތީޖާއެއް ކަމަށާއި މީގެ ބޭނުމަކީ ދެ ޤައުމުގެ މެދުގައި އޮތް އުންމީދުތައް، ޢަމަލީ އިޤްތިޞާދީ މަސައްކަތްތަކަކަށް ބަދަލުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ގުޅުން ކުރިއެރުވުމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ސިއަންހުއާ އާއި ޗައިނާ އެމްބަސީން މެދުނުކެނޑި ދެއްވާ އެއްބާރުލުމާއި އަގުހުރި އެހީތެރިކަމަށްޓަކައި ސައީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ފުރުޞަތުތަކުގެ އެހީގައި ރާއްޖެއަށް އިންވެސްޓްމަންޓްތައް އިތުރުކޮށް، ޓެކްނޮލޮޖީ ބަދަލުކޮށް، ހުނަރުވެރިކަން ކުރިއަރުވައި، ދިވެހި ވިޔަފާރިތަކަށް ވަރުގަދަ ޕާޓްނަޝިޕްތަކެއް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ޒަމާނީ ޓެކްނޮލޮޖީގެ ޤާބިލުކަމާއި ’ވިޜަން 2040‘ ގެ ދަށުން ރާއްޖެއިން އިސްކަންދޭ ތަރައްޤީގެ ލަނޑުދަނޑިތައް ގުޅުވައިލުމުގެ ތެރެއިން، ވަޒީފާގެ ފުރުޞަތުތައް އުފައްދައި، ދިވެހި ކުންފުނިތައް ބާރުވެރިކުރުވައި، ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ދާއިމީ ފައިދާތަކެއް ހޯދައިދިނުމަކީ ސަރުކާރުގެ މަޤްޞަދު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: