ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީއާއި ޗައިނާގެ ހައިކޯ ސިޓީއާ ދެމެދު ގުޅުން ބަދަހިކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީއާއި ޗައިނާގެ ހައިކޯ ސިޓީއާ ދެމެދު ގުޅުން ބަދަހިކުރުމަށް ލެޓަރ އޮފް އިންޓެންޓްއެއްގައި ސޮއިކޮށްފިއެވެ.

ޗައިނާގެ ހައިކޫގައި ބޭއްވުނު 2026 ވަނަ އަހަރުގެ ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓްސް އޭޝިއާ-ޕެސިފިކް (ޔޫ.ސީ.އެލް.ޖީ އަސްޕެކް) ކައުންސިލް ބައްދަލުވުމުގެ ތެރެއިން ދެ ސިޓީގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ’ލެޓަރ އޮފް އިންޓެންޓް‘ ނުވަތަ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައިކޯ ސިޓީގެ މޭޔަރު ޒަންގް ޔޮންގް އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

މިއީ ދެ ސިޓީގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށާއި ވިޔަފާރިއާއި ދަނޑުވެރިކަމާއި ތައުލީމު އަދި ފަތުރުވެރިކަމުގެ ދާއިރާއިން އާ ފުރުސަތުތަކެއް ފަހިކޮށްދީ، ދެ ސިޓީގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް މޭޔަރު އާޒިމް އެކްސްގައި ވިދާޅުވެފައިވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ސިޓީގެ ގުޅުން އިތުރަށް ބަދަހިވެ، އެކުގައި މަސައްކަތްކުރުމަށް ފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

ޔޫ.ސީ.އެލް.ޖީ އަސްޕެކް ކައުންސިލް ބައްދަލުވުމުގެ ހަވާސާގައި މާލޭ މޭޔަރު އާދަމް އަޒީމް ވަނީ ހައިކޫ ސިޓީގެ މޭޔަރު މިސްޓަރ ޖަންގް ޔޮންގްއާއެކު ބައްދަލުކުރައްވާފައިވެއެވެ.

ދެ މޭޔަރުންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ދެފަރާތުގެ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތައް ފާހަގަކުރުމަށެވެ. އަދި އިގްރާރުގައިވާ ކަންކަން އަމަލީ ސިފައަކަށް ބަދަލުކޮށް، ގުޅިގެން ހިންގޭނެ މަޝްރޫއުތަކާއި ހަރަކާތްތަކާ ބެހޭގޮތުން އަލިއަޅުވާލެވުނު ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެ ލެޓާ އޮފް އިންޓެންޓްގައި ސޮއިކުރުމަކީ ދެ ސިޓީގެ އިސްތިރާޖީ ގުޅުންތައް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މަޝްވަރާތަކަށްފަހު، ދެ ސިޓީގެ ދެމެދުގައި އޮތް އިހްތިރާމާއި އެކުވެރިކަން ރަމްޒުކޮށްދިނުމުގެ ގޮތުންނާއި، ދިގު މުއްދަތުގެ އެއްބާރުލުން ވަރުގަދަކުރުމުގެ އަޒުމް ހާމަކުރުމުގެ ގޮތުން ދެ މޭޔަރުން ވަނީ ހަދިޔާ ބަދަލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: