ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން - ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރަކަށް ތުހުމަތުތަކެއްކޮށް ސަސްޕެންޑުކުރުމަށްފަހު، ފަހުން ދެ ފަނޑިޔާރުން ވަކިކުރީ އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ކަމަށް ވާތީ އެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެ، މަޖިލީހަށް ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އެ ގަރާރު ބޭރުކޮށްލަން ނިންމީ، ވޯޓު ދެއްވި 35 މެމްބަރުންގެ ތެރެއިން 28 ވޯޓާއެކުއެވެ. އެ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.

އެ ގަރާރުގައި ފާހަގަކޮށްފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފުލުހަށް ހުށަހެޅި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލިއިރު، ތިން ފަނޑިޔާރުން ވެސް ޖިނާއީ ކުށެއް ކުރައްވައިފައިވާ ކަމަށް ބެލެވެން ނެތުމުން ފުލުހުން އެ މައްސަލަ ފައިލްކޮށް، ތިން ފަނޑިޔާރުންގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ނިންމާފައިވާތީ ފަނޑިޔާރުން ވަކިކުރީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ކަން ހާމަަވެގެންދާ ކަމަށެވެ.

ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ޖޭއެސްސީން ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ތިން ފަނޑިޔާރުން ވަކިކުރީ ޖިނާއީ ކުށެއް ހިނގައިފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައި ކަމަށް ވާތީ، އެ ކޮމިޝަނުން އެކަމުގެ ޒިންމާ ނަގައި ޖަވާބުދާރީވާންޖެހޭނެ ކަމަށް އެ ގަރާރުގައި ވެއެވެ. އެކަމުގައި މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކޮށްދިނުމަށް ވެސް އެ ގަރާރުގައި އެދިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވައިދު މި މަހުގެ ތެރޭގައި ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން ގަރާރު ބަލައިނުގަތުމުން އެކަމާ ގުޅިގެން ބަހުސްކުރުމުގެ ފުރުސަތު ދީފައި ނުވެއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރާއި ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑުކޮށް، ފަހުން ޑރ. އަޒްމިރަލްދާ އާއި މަހާޒް މަގާމުން ވަކިކުރަން މިދިޔަ އަހަރުގެ މެއި މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ  ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން އަޒްމިރަލްދާ އާއި މަހާޒް ދަށު ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގައެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވިނަމަވެސް، މިދިޔަ މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ދައުވާނުކުރަން ނިންމައި މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: