ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ދާއިރާގެ މުވައްޒަފުން އޮބަހައްޓެހުމަށް ޓަކައި ހީލަތްތެރި މާއްދާތަކެއް ތައުލީމުގެ ބިލުގައި ހިމަނާފައިވޭ: މައުރޫފް

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތައުލީމީ ދާއިރާގެ މުވައްޒަފުން އޮބަހައްޓެހުމަށް ޓަކައި ހީލަތްތެރި މާއްދާތަކެއް ތައުލީމުގެ ބިލުގައި ހިމަނާފައިވާކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ތުހުމަތުކުރައްވައިފިއެވެ.

ހޯމް ސްކޫލިންގެ ނިޒާމު ތައާރަފްކުރުމުގެ މަގްސަދުގައި ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން މައުރޫފް ވިދާޅުވީ، އެ އިސްލާހަކީ ދައުލަތުން އިތުރު ހަރަދުތަކެއް ނުކުރަން، ދަރިވަރުން ސްކޫލުތަކަށް ގޮސްގެން ތައުލީމު އުނގެނުން ހުއްޓުވާލަންވެގެން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

އެ ހަރަދުން ސަލާމަތްކޮށްގެން ތައުލީމު ފުނޑާލައި، ރައީސުލްޖުމްހޫރިއްޔާގެ ލާބައާއި މަންފާއަށް ޖާހަށް ޓަކައި ކަންކަން ކުރަން އުޅޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި ގާނޫނުތަކަށް ހުށަހަޅާ ހުރިހާ އިސްލާހުތައް ވެސް ފެންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުރިހާ ބާރެއް ދޭ ގޮތަށް ހުށަހަޅާ އިސްލާހުތަކުގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

”ހަރަދުކުޑަކޮށްގެން ވެސް ތައުލީމު ދިނުން ހުއްޓާލައިގެން ވެސް ސަރުކާރު ހިންގުމަށް ޓަކައި ވަޒީފާތައް އިތުރުކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ ލާބައާ އޭނާގެ މަންފާއާއި އޭނާގެ މުސާރައާއި އިނާޔަތްތަކާއި އެއްޗެހި ބޮޑުކުރުމާއި ރައީސުލްޖުމްހޫރިއްޔާއަށް ހުރިހާ އެއްޗެއް ދޭ ގޮތަށް، ތައުލީމު ހުއްޓާލަން، އެޑިއުކޭޝަން ސިއްހީ ދާއިރާއަށް ކުރާ ހަރަދު ހުއްޓާލުން، މި ހުރިހާ ކަމެއް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ދޭ ގޮތަށް ގާނޫނުތަކަށް ހުށަހަޅާ ހުރިހާ އިސްލާހެއް ވެސް ފެނިގެން ދަނީ،“

އެގޮތުން ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުން އޮބަހައްޓެހުމަށް ޓަކައި ހީލަތްތެރި މާއްދާތަކެއް ބިލުގައި ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ. އެ މުވައްޒަފުންގެ ހައްގުތައް ހިފައްޓައި ހަނިކުރުމަށް ޓަކައި ބާރުތަކެއް ބިލު އަދި ގަވައިދުތަކުގެ ތެރެއަށް ލާފައިވާ މަންޒަރު ފެންނަ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލުތަކަށް ވަޑައިނުގަންނަވައެވެ.

ކުއްލި ކުއްލިއަށް އެކެޑެމިކް ކަލަންޑަރަށް ބަދަލު ގެންނަ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވިއެވެ. ކުރިން ސްކޫލުތަކުގެ ޗުއްޓީ ރިސޯޓުތަކުގެ ލޯ ސީޒަނާ ދިމާވާ ގޮތަށް އަހަރުގެ މެދުތެރެއަށް ބަދަލުކުރީ އެކަމުގައި ވަރަށް ބޮޑެތި ފައިދާތަކެއް ލިބޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ބަދަލުތައް އަލުން އަނބުރާ ގެންނަނީ އެއްވެސް ވަރަކަށް ވިސްނާނުލައި މަޝްވަރާކުރުމެއް ނެތި ކުރީގެ ސަރުކާރުން ކުރި ކަމަށް ވާތީ އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

ހައި ސީޒަންގައި ދަތުރުފަތުގެ އަގާއި އެކޮމޮޑޭޝަންގެ އަގު އިންތިހާއަށް އުފުލިފައި ހުންނައިރު، އާއިލާތަކަށް ޗުއްޓީ ހޭދަކުރުމުގައި ދަތިތައް ކުރިމަތިވާކަމަށް އޭނާ ވިދާޅުވިއެވެ. ލޯ ސީޒަނަށް ޗުއްޓީ ބަދަލުކުރުން ހަރަދުކުޑަކޮށް އާއިލާތަކަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: