ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިކުރުމަށާއި، އާމްދަނީހޯދަން މަސައްކަތް ކުރުމުގެ ހުއްދައަށް މިއަދުން ފެށިގެން ހުށަހެޅޭނެ: މާލޭ ސިޓީ ކައުންސިލް

މާލޭސިޓީީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ ހާލަތުގައި، މާލޭ ސިޓީގައި ވިޔަފާރިކުރުމަށާއި، އާމްދަނީ ހޯދުމަށްޓަކައި އެކިއެކި މަސައްކަތްތައް ކުރުމުގެ ހުއްދަހޯދުމަށް މިއަދުން ފެށިގެން މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުއްވުމަށް ފުރުސަަތު ހުޅުވާލައިފިއެވެ.

މި ކަން ހާމަކޮށް މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، ހުއްދައަށް އެދި އެ ކައުންސިލަށް ހުށަހެޅިކަމުގައިވިޔަސް ހުއްދަ ދޫކުރާނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިންކަމަށެވެ.

މި ގޮތުން، ވިޔަފާރިކުރުމަށާއި، އާމްދަނީ ހޯދުމަށްޓަކައި އެކިއެކި މަސައްކަތްތައް ކުރުމުގެ ހުއްދަހޯދުމަށް އެދި ހުށަހަޅާނީ، އެ ކައުންސިލްގެ ވެބްސައިޓް https://malecity.gov.mv ގައި މި ކަމަށް ޚާއްސަކުރެވިފައިވާ “ ފަސޭހަ މަގު “ https://faseyhagulhun.malecity.gov.mv/permit ޕޯޓަލް މެދުވެރިކޮށްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން، ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު، ކަމާބެހޭ ހުރިހައި މައުލޫމާތެއް ފުރިހަމަކުރަންޖެހޭނެކަމަށާއި، މަޢުލޫމާތު ފުރިހަމަކުރުމަށް ކަރުދާހެއް ވެބްސައިޓްގައި ހިމަނާފައިވާނެކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި، ހުއްދަ ހޯދުމަށްޓަކައި ފުލުހުންނަށް ލިސްޓްތައް ފޮނުވުމާއި، ކަމާބެހޭ ގޮތުން ކުރަންޖެހޭ އެހެނިހެން މުޢާމަލާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން ފެށިގެން، ހަވީރު 17:00 އަށެވެ.

އަދި ހަވީރު 17:00 ގެ ފަހުން، ހުއްދައަށް އެދި ހުށަހަޅާ މީހުންނަށް ހުއްދަދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާނީ، ޖެހިޖެހިގެން އަންނަ ދުވަހުގައިކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި، ލޮކްޑައުންގެ ހާލަތަށް ގެނައި ބަދަލުތަކާގުޅިގެން، ހުއްދައަށް އެދި އެ ކައުންސިލަށް ހުށަހެޅިކަމުގައިވިޔަސް، ފުލުހުން ކުރިން ދޫކޮށްފައިވާ ހުއްދަތަށް ބާތިލެއްނުވާނެއެވެ.

މީގެ އިތުރުން، ކަމާބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3306719 ނަމްބަރު މެދުވެރިކޮށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން ފެށިގެން، ހަވީރު 17:00 އަށް ކުރިއަށްދާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: