ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިނިވަންކަން ދިފާއުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފި: ހިލްމީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެނެވި ފަހުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެމްއެންޑީއެފްއިން ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ހިލްމީ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވަލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށާއި އަދި ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި އެކި ވެހިކަލްތައް ހޯދައިދެއްވުމާއި އެއާކޯ އުފައްދައިދެއްވުން ހިމެނޭކަން ހިލްމީ ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީ ގަމުގައި އެއާ ސްޓޭޝަނެއް ގާއިމްކޮށްދެއްވަފައިވާ ކަމާއި ށ. ފޮނަދޫގައި އެއާސްޓޭޝަނެއް ގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަަން ފާހަގަކުރައްވައި ހިލްމީ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ މަސައްކަތްތައް އިރުވެގެން ދާނެ ކަމަށެވެ. އޭގެ އިތުރުން، އާމަޑް ވެހިކަލްތަކާއި އަދި އިތުރު ގިއަރ ހޯދަވައިދެއްވުމާއި ކޯސްޓުގާޑުގެ ފްލީޓު އިތުރުކުރުމަށް ބޭރުގެ ގައުމުތަކުން އެކި މަނަވަރުތައް ރައީސް ހޯދަވައިދެއްވާފައިވާކަންވެސް ހިލްމީ ފާހަގަކުރެއްވިއެވެ.

”ސީ އެމްބިއުލާންސް ފްލީޓަށް 12 އުޅަނދު އިތުރުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ހަރުދަނާކުރެވެމުން. އަވަސްކަމާއެކު ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ވިލިމާލޭގައި ސެންޓަރެއް ވަނީ ގާއިމްކޮށްދެއްވާފައި،“ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ

އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ ތެރެއިން ސިފައިންގެ ސަރވިސް ކޯގެ ގާބިލުކަން އިތުރުކޮށްދެއްވައި ތަމްރީން އިންފްރާސްތްރަކްޗަރ އިތުރުކުރުމަށް ޅ. މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރ، ބ. ކިހާދޫގައި ލޮޖިސްޓިކްސް ސްކޫލް އަދި ސ. ގަމާއި ލ. ކައްދޫގައި ހުންނަ ސިފައިންގެ ތަމްރީނު މަރުކަޒުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް ހިލްމީ ވިދާޅުވިއެވެ. އަދި ގިރިފުށިގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވައި ބިމުގެ ސައިޒް ތިން ގުނަ ބޮޑުކޮށްދެއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް މަގާމާ ހަވާލުވެވަޑައިގެން ސިފައިންގެ މީހުންގެ އަދަދު އިތުރުކޮށްދެއްވާފައިވާ ކަމަށާއި މިހާތަނަށް 806 ޒުވާނުންނަށް ސިފައިންގެ ވަޒީފާގެ ފުރުސަތު ހޯއްދަވައި ދެއްވާފައިވާކަމަށް ވެސް ހިލްމީ ވިދާޅުވިއެވެ. އަދި ސިފައިން ދިރިއުޅޭ މަރުކަޒުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއްގެ އަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާއިރު ބަނޑޭރިކޮށި 1 ތަރައްގީކުރުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށޭނެ ކަމަށް ހިލްމީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: