ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުގެ އިރު އޮއްސުމާއި ހަމައަށް 101 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވޭ!

ރާްއްޖޭން އަނެއްކާ ވެސް އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑު ބަލި ޖެހިފައިވާ އިތުރު 101 މީހަކު ފެނިފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ. 

މި އަދަދާ އެކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،773 އަށް އަރައިފަ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވި ކޭސްތަކާއި ގުޅޭ މައުލޫމާތު ދެއްވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ތިން ލެބޯޓްރީއަކުން މިހާރު ކޮވިޑަށް ޓެސްޓު ކުރަމުން ގެންދާ ކަމަށެވެ. އެހެން ކަމުން ދުވާލެއްގެ މައްޗަށް ޓެސްޓު ކުރެވޭ ނިސްބަތް އިތުރުވުމާއި އެކު، އަންނަ ކޭސްތައް ވެސް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ވަކި ވަކިން ލެބޯޓްރީގެ ޓެސްޓުތައް އާއްމު ކުރުމުން ދަތިތަކެއް އައިސްދާނެތީ އެކަމާއި ގުޅޭގޮތުން މަބްރޫކް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ މައުލޫމާތުތައް ހާމަ ކުރަމުން ގެންދާނީ ދުވާލަކު އެއް ފަހަރު ކަމަށެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އިރުއޮއްސި 06:00 ޖެހުމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދުވާލަކު އެއް ފަހަރު ކޭސްތައް އާއްމު ކުރި ނަމަވެސް، ބޮޑު ކަލަސްޓާއެއް ނުވަތަ ކޮވިޑާއި ގުޅޭ ބޮޑު ކަމެއް ހިނގައިފިނަމަ އެކަމަކާއި ގުޅޭ މައުލޫމާތެއް ވަގުތުން އާއްމު ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިއްޔެގެ މެންދަމުން ފެށިގެން މިއަދުގެ އިރުއޮއްސުމާއި ހަމައަށް ފެނުނު 101 ކޭސްއެއްގެ ތެރެއިން 79 މީހުންނަކީ އެއް ކްލަސްޓާއަކަށް ނިސްބަތްވާ މީހުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ އިތުރުވުމަކީ ލޮކްޑައުން އަށް ލުއި ދިނުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އަދި މި މީހުންނަކީ މީގެ ކުރިން ފެނުނު، ބިދޭސީން ދިރިއުޅޭ ތަންތަނުން ފެނުނު ކޭސްތަކާއި އެކި ކްލަސްޓާތަކާ ގުޅުން ހުރި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. މި ކޭސްތަކުގެ ތެރޭގައި އިންޑިޕެންޑެންޓް ކޭސްތަކުގެ އަދަދަކީ 8 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: