ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ފަރުވާ ލިބެން ނެތް ބަލިތަކަށް ފަރުވާ ހޯދަމުން އައި 33 މީހެއްގެ ހާލު ގޯސްވެ އާސަންދައިގެ އެހީގައި ބޭރަށް ގެންދަނީ!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ފަރުވާ ލިބެން ނެތް ބަލިތަކަށް ފަރުވާ ހޯދަމުން އައި މީހުންގެ ތެރެއިން 33 މީހެއްގެ ހާލު ގޯސްވުމާއި ގުޅިގެން އާސަންދައިގެ އެހީގައި އެމީހުން ރާއްޖޭން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވީ ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރުމަށް ރާއްޖެއިން ބޭރަށް ދާން ޖެހޭ 33 މީހަކަށް އެހީ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ރާއްޖެއިން ފަރުވާ ލިބެން ނެތް ބަލިތަކެއް ކަމަށާއި، މިހާރު ހަމަޖައްސަމުން ދަނީ އެ މީހުންގެ ފުރުމުގެ އިންތިޒާމުތައްކަމަށް މަރިޔަމް ވިދާޅުވިއެވެ.

ގިނަ ދިވެހިންނަކީ، ރާއްޖޭން ބޭރުން އެކި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނެވެ. އަދި ކޮވިޑާއި ގުޅިގެން އެކި ގައުމުތައް ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާއިރު ފަރުވާގެ ކަންކަމަށް ފުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނިކޮށް އިންޑިއާ އަދި ލަންކާ ލޮކްޑައުން ކުރުމާއި ގުޅިގެން އެ ގައުމުތަކަށް ނުދެވިފައި ތިބި މީހުން އެބަތިއްބެވެ. މީގެ ތެރެއިން 33 މީހެއްގެ ހާލު ބޮޑުވެފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމުގައި މަރިޔަމް ވިދާޅުވީ އެ މީހުންގެ ފަރުވާގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިންޑިއާ އަދި ލަންކާއާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

”ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ވަރަށް ގިނަ ބަލި މީހުން އެބަތިބި. އޭގެ ތެރެއިން ފުރާނައިލެވިގެން އެންމެ ހާލު ސީރިއަސް 33 ބަލި މީހަކު ބޭރަށް ގެންދިއުމުގެ މަސައްކަތް މިދަނީ ކުރަމުން،“ މަރިޔަމް

މީގެ އިތުރުން މަރިޔަމް ވިދާޅުވީ އާސަންދައިގެ އެހީގައި ބޭސްފަރުވާއަށް ގޮސް ތިބި 114 ބަލި މީހުންނާއި އެހެންމީހުންގެ އެހީތެރިންގެ ގޮތުގައި ބޭރުގައި ތިބި މީހުން ރާއްޖެ ގެނެސްފައިވާނެ ކަމަށެވެ. އަދި ލޮކްޑައުންއާ ގުޅިގެން 44 މީހެއްގެ ފަރުވާއަށް އެއް ރަށުން އަނެއް ރަށަށް ދިއުމަށް 31 ފްލައިޓެއް އާސަންދައިގެ ހަރަދުގައި ޗާޓަރު ކަމަށެވެ.

މަރިޔަމް ވިދާޅުވީ އިމަޖެންސީ އިވެކުއޭޝަންއެއްގެ ގޮތުގައި 300 އަށް ވުރެ ގިނަ ބަލި މީހުން އެއް ރަށުން އަނެއް ރަށަށް ގެންގޮސްދީފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: