ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދަނޑިވަޅުގައި ވެސް ކޯޓުތަކަށް 45 މައްސަލައެއް ހުށަހަޅާފައިވާނެ: ޕީޖީ

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް.ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން މާލޭސިޓީ ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުތަކަށް 45 މައްސަލައެއް ހުށަހަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މި ކަން ހާމަކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް ވިދާޅުވީ، ޕީޖީން މި ހުރިހައި މައްސަލައެއްވެސް ކޯޓުތަކަށް ހުށަހަޅާފައިވަނީ އޮންލައިންކޮށް ކަމަށާއި، 45 މައްސަލައިގައި 77 ދަޢުވާ ޝީޓްވާނެކަމަށެވެ. މި ގޮތުން އަތޮޅުތެރޭގެ ކޯޓުތަކަށް ވެސް ފޮނުވާފައިވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، ޕީޖީން އަހަންމިއްޔަތުކަމެއްދޭނީ އޮންލައިންކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށެވެ.

ޝަމީމް މިހެން ވިދާޅުވެފައިވާއިރު، ޕީޖީން އަންނަނީ ޓެކޮނޮލޮޖީގެ ބޭނުންކޮށްގެން ޝަރީޢަތްތައްކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މި ގޮތުން ބަލާއިރު ވީޑިއޯ ކޮންފަރެންސްގެ ޒަރީޢާއިން ޝަރީޢަތްތައް ކުރިއަށްގެންދިއުމަށްޓަކައި، އޯޑިއޯ/ވީޑިއޯ ސިސްޓަމްތައް ޕީޖީ އޮފީހުގައި ޤާއިމްކޮށްފައިވެއެވެ. މީގެ އިތުރުން ވެސް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށްގެންދިއުމަށްޓަކައި، އިތުރު ސިސްޓަމްތައް ޤާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ޕީޖީ އޮފީހުން ބުނެެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: