ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020“ މަޖިލީހަށް ހުށަހެޅުމަށް ފޮނުވައިފި

އެޓާރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހިމް ރިފްޢަތު.ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ”ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020“ ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ފޮނުވާފައިވާކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މި ބިލަކީ ކޮވިޑް-19 އާއި ގުޅިގެން، ރާއްޖޭގައި މެދުވެރިވެފައިވާ ޢާންމު ސިއްހަތުގެ ކުއްކި ނުރައްކަލުގެ ހާލަތުގައި، ވަކިވަކި ފަރުދުންނަށާއި، ޢާއިލާތަކަށާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމަށާއި، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހިކުރުމަށް ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާޢަތުތަކަށް މިހާރުން މިހާރަށް ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް އެ ކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނެ ޚާއްސަ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނުކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގެ މަޤުސަދުތަކުގެތެރޭގައި، ކޮވިޑް-19 އާއި ގުޅިގެން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުން ހިމެނެއެވެ.

މީގެ އިތުރުން، މިފަދަ ދަނޑިވަޅެއްގައި ވެސް، އެއްވެސް ފަރާތެއް މަގުމަތިވިދިޔަ ނުދިނުމަށްޓަކައި ޤާނޫނިން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ކޮވިޑްގެ ސަބަބުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކަށް ޚާއްސަ ޗުއްޓީ ހަމަޖައްސައިދިނުން ވެސް ހިމެނެއެވެ.

އަދި ޚާއްސަ އިސްތިސްނާ ހާލަތްތަކެއްގައި މެނުވީ ކޮވިޑާއި ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލުގެނައުން ހުއްދަނުވާނެކަމަށް ބިލުގައިވެެއެވެ.

https://twitter.com/AGOmv/status/1267418587070787585?s=19

ބިލުގައިވާގޮތުން، މި ޤާނޫނަށް އަމަލުކުރާނީ، ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ މި ޤާނޫނަަށް އަމަލުކުރަން ފެށުމަށްފަހު ކޮވިޑާއި ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކުރާ އެ ނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: