ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަރޫރީ ބޭހާއި ސާމްޕަލް ފޯރުކޮށްދިނުމަށް ޑްރޯން ބޭނުންކޮށްގެން ޑެލިވަރީ ކުރުމުގެ ޕައިލެޓް ޕްރޮގްރާމް އަންނަ އަހަރު!

ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ރަށްރަށަށް ބޭނުންވާ ޒަރޫރީ ބޭހާއި ލެބޯޓްރީ ސާމްޕަލްތައް އަވަހަށް ފޯރުކޮށްދިނުމަށް ޑްރޯން ބޭނުންކޮށްގެން ޑެލިވަރީ ކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފަށާނެ ކަމަށް ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ހެލްތާއި ސްޓޭޓް ފާމާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން، މި ޕްރޮޖެކްޓަށް ބޭނުންވާ ދެ ޑްރޯން މިހާރު ހެލްތު މިނިސްޓްރީން ވަނީ ސްޓޭޓް ފާމާއާ ހަވާލުކޮށްފައެވެ.

މި މަސައްކަތާ ގުޅޭގޮތުން ޑރ. ޝާހު މާހިރު ވިދާޅުވީ، މިއީ ހެލްތު މިނިސްޓްރީއާ ގުޅިގެން ވަކި އަތޮޅެއް ކަނޑައަޅައިގެން ކުރިއަށްގެންދާ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި ޚިދުމަތް ޕައިލެޓް ކުރެވޭ ވަރަށް، ޑްރޯން ޖައްސާނެ ތަންތަނާއި ހަބުތައް ގާއިމުކުރާނެ ރަށްތައް ޕްލޭނެއްގެ ދަށުން މިހާރު ކަނޑައަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަށްރަށުގެ މެދުގައި ބޭހާއި ސާމްޕަލް އުފުލުމަށް މިހާރު ކުރަންޖެހޭ ބޮޑު ޚަރަދަށް އަލިއަޅުއްވާލައްވަމުން ޑރ. ޝާހު ވިދާޅުވީ،

”މިހާރު ރަށްރަށުން ބައެއް ހާލަތްތަކުގައި އެބަހުރޭ އިންޖެކްޝަނެއް ނުވަތަ ބޭނުންވާ ވަރަށް މުހިންމު ބޭހެއް އެއް ރަށުން އަނެއް ރަށަށް ވަރަށް އަވަހަށް ގެންދަންޖެހިފައި. ހަމަ ލޯންޗެއްގެ ހަރަދަށް އެކަނި ބަލާލިޔަސް ގާތްގަނޑަކަށް މިހާރު 3،000 ރުފިޔާއަށް ނޫނީ ދަތުރެއް އަޅައެއްނުލެވޭނެ. އެހެންކަމަށްވަންޏާ ސާމްޕަލެއް އެއްޗެއް ފޮނުވާލަންޖެހޭ ހާލަތެއްގައި ޑްރޯން ބޭނުންކުރަންޏާ ވަރަށް ކުޑަ ހަރަދެއްގައި، ވަރަށް އެފިޝަންޓްކޮށް މިކަން ކުރެވޭނެ،“ ކަމަށެވެ.

މި ޕްރޮޖެކްޓުގައި ބޭނުންކުރާ ޑްރޯންތަކަކީ ގާތްގަނޑަކަށް 5 ކިލޯގެ ޕޭލޯޑެއް އުފުލުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދުތަކެއް ކަމަށް ވެސް ޑރ. ޝާހު ފާހަގަކުރެއްވިއެވެ.

ޑރ. ޝާހު އިތުރަށް ވިދާޅުވީ، މި ޚިދުމަތް ތައާރަފުކުރެވިގެން ދިއުމުން ދައުލަތުގެ ބަޖެޓުންނާއި ސިއްޙީ ދާއިރާއިން މިހާރު ކުރަންޖެހޭ ބޮޑެތި ޚަރަދުތަކުން ބޮޑުބައެއް ސަލާމަތްކުރެވިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: