ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސޯދީ އެންމެ މުހިންމު މަޝްރޫއުއަކަށް އޮތީ ތިލަފުށި ޕޯޓުގެ މަސައްކަތް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އގްތިސޯދީ އެންމެ މުހިންމު މަސައްކަތަކަށް ދެން އޮތީ ތިލަފުށްޓައް ޕޯޓު ބަދަލުކުރުމުގެ މަސައްކަތް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ ތޮއްޖެހިފައިވާ ކުޑަ ޕޯޓުގެ ބަދަލުގައި އެއަށްވުރެ 6 ގުނަ ބޮޑު ތަނަކަށް ޕޯޓު ބަދަލު ކުރުމަކީ، ވަރަށް ބޮޑު ފަސޭހައަކަށް ވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިލަފުށީ ޕޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި، އަންނަ އަހަރު ނޮވެމްބަރު މަހު އެ ޕޯޓު ހުޅުވާނެ ކަމަށާއި، އޭގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް ވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

”6 ގުނަ ބޮޑު ސަރަހައްދަކަށް ބޮޑުވީމަ ވިޔަފާރި ވަރަށް ބޮޑުތަން އިރާދަކުރެއްވިއްޔާ ކުރިއަރައިގެން ދަނީ. އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ.“

ތިލަފުށީ ޕޯޓުގެ މަސައްކަތް ނިމުމުން ނޯތު ހާބަރުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބޭނެކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވެސް ފާހަގަކުރައްވާފައެވެ. ދާދިފަހުން މަޖިލީހުގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގައި އެ ކުންފުނިން ވިދާޅުވީ، ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުވުމާއެކު 2.3 މިލޯމީޓަރުގެ ކީވޯލްއެއް އެތަނުގައި އޮންނާނެ ކަމަށާއި، އެކަމުން ވިޔަފާރިވެރިންނަށް އެކަށީގެންވާ ލުޔެއް ލިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: