ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ކެންސަރަކީ އެންމެ ބޮޑަށް ފެންނަ އެއް ބަލި: ގީލާ

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޑރ. ގީލާ އަލީ /ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތަކުގެ ހާލަތަށް ބަލާއިރު، އެންމެ ގިނައިން ފާހަގަކުރެވޭ އެއް ބައްޔަކީ ކެންސަރު ބަލި ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ”ސަންގު“ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގީލާ ވިދާޅުވީ، ރާއްޖޭގައި ކެންސަރު ބަލީގެ އިތުރުން ހިތުގެ ބަލިތަކާއި ހަކުރުބަލި ޖެހޭ މީހުންގެ އަދަދުތައް ވެސް ދަނީ އިތުރުވަމުންނެވެ. މިފަދަ ބަލިތައް މުޖުތަމައުގައި އިތުރުވަމުންދަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި އާބާދީގެ ތޮއްޖެހުމުގެ ސަބަބުން ކަމަށް ގީލާ ފާހަގަކުރެއްވިއެވެ.

”ގައިން ގަޔަށް ނާރާ ބަލިތަކަށް ބަލާލާއިރު ކެންސަރު މީ އެންމެ ބޮޑަށް ފެންނަ އެއް ބަލި. އޭގެ އިތުރުން ހިތުގެ ބަލިތަކާއި ހަކުރު ބަލި މިކަންކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އިގޭ އަދަދުތައް މަތިކޮށްކަން ހުންނަނީ“ ގީލާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ހާލަތު އިތުރަށް ދެނެގަތުމަށްޓަކައި، 18 އަހަރަށްފަހު ފުރަތަމަ ފަހަރަށް ”މަލްޓިޕަލް އިންޑިކޭޓަރ ކްލަސްޓަރ ސާވޭ“ ހެދުމަށް މިހާރު ނިންމާފައިވާކަމަޑާއި މި ސާވޭގެ ޒަރީއާއިން ގައިން ގަޔަށް ނާރާ ބަލިތަކުގެ މައުލޫމާތުގެ އިތުރުން، އާންމުންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަރަށް މުހިންމު ތަފާސްހިސާބުތަކެއް އެއްކުރެވިގެންދާނެ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި މި ސާވޭގެ މަސައްކަތް އެއްކޮށް ފުރިހަމަކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ގައިން ގަޔަށް އަރާ ބަލިތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގީލާ ފާހަގަކުރެއްވީ، މި ފަހުން ރާއްޖޭގައި ފެތުރިގެންދިޔަ ހިމަބިހި (މީޒަލްސް) ގެ ރޯގާއަކީ ރާއްޖެއިން ބޭރުން އެތެރެވި ބައްޔެއް ނަމަވެސް، މިހާރު އެ ބަލި އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. މިބަލި ކޮންޓްރޯލު ކުރުމަށްޓަކައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުނުކަމަށް ގީލާ ވިދާޅުވިއެވެ.

އަދި ރާއްޖެއަކީ ވެކްސިން ޖެހުމުގެ ނިސްބަތް ވަރަށް މަތީ ޤައުމަކަށް ވާތީ، ބަލި ޖެހުނު މީހުންގެ ހާލަތު ސީރިއަސްވި މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރޯގާ ކޮންޓްރޯލް ކުރެވުނީ ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ވެކްސިން ދިނުމަށް ސިއްހީ ދާއިރާއިން ކުރި މުހިންމު މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް ގީލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: