ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ ކުށަކަށް ހަދައިގެން މީހުން ފަހަތުން ދުވާ ހިނދެއްގައި ޑޮލަރުގެ މައްސަލަ ހައްލެއް ނުވާނެ: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު --- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރަސްމީ ރިޒާވް ދަށްވެ، ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓިގެން ގޮސްފައިވަނީ މި ސަރުކާރުގެ ނުރަނގަޅު ސިޔާސަތުތަކާއި ބޭކާރު އިސްރާފުތަކުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ”ސަންގު“ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޝަމްހީދު ވިދާޅުވީ، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްގައި މިހާރު ހުރީ އެންމެ 168 މިލިއަން ޑޮލަރު ކަމަށެވެ. މިއީ ރާއްޖެއަށް އެންމެ 15 ދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރުކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ރިޒާވްގައި އެވަރުގެ ކުޑަ މިންވަރެއް ހުރެގެން ޑޮލަރުގެ މައްސަލަ ހައްލުނުކުރެވޭނެ ކަމަށެވެ. އަދި ރިޒާވް ދުވަހެއް ދުވަހަކަށް މަދުވަމުންދަނީ ސަރުކާރުން ކުރަން ނުޖެހޭ ބޮޑެތި އިސްރާފުތައް ކުރަމުންދާތީ ކަމަށްވެސް ތުހުމަތުކުރެއްވިއެވެ.

ޑރ. ޝަމްހީދު ވިދާޅުވި ގޮތުގައި މި ސަރުކާރު އައިފަހުން އެތައް ޓެކްސްތަކެއް ތައާރަފުކޮށް، ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެފައިވެއެވެ. އެގޮތުން 2025 ވަނަ އަހަރު ނިމުނުއިރު މީރާއިން 900 މިލިއަނަށް ވުރެ ގިނަ ޑޮލަރު މާރުކޮށް، އިތުރު 500 އެތައް މިލިއަން ޑޮލަރެއް ދައުލަތަށް ވަދެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އެ ފައިސާއަށް ވީގޮތެއް ސާފުނުވާ ކަމަށާއި، ބަޖެޓުގައި ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާ ފަދަ ރައްޔިތުންގެ އަސާސީ ތަރައްގީގެ މަޝްރޫއުތަކަށް ކަނޑައަޅާ ފައިސާ، ސަރުކާރުގެ ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށްގެން ބޭކާރު ކަންކަމަށް ހޭދަކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޓްރޭޑްނެޓް ކުންފުންޏަށް 600 މިލިއަން ރުފިޔާ ޖަމާކޮށް، އެސްޓޯނިއާއިން 45 މިލިއަން ޑޮލަރަށް ސޮފްޓްވެއާއެއް ގަތުމާއި، ތުރުކީން 50 މިލިއަން ޑޮލަރަށް ޑްރޯން ގަތުމާއި، ފްލެޓުތަކަށް ލިފްޓު އެޅުމަށް ބަޖެޓުން ބޭރުން ބޮޑެތި ހޭދަތަކެއް ކޮށްފައިވާކަން ޝަމްހީދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކުރިން ހިއްކާފައި ހުރި ބިންތައް ހިމާޔަތް ނުކުރެވި ގިރަމުންދާއިރު، ބަޖެޓުގައި ނުހިމަނައި އަނެއްކާވެސް އިތުރު ޖައްރާފުތައް ގަންނަން ޑޮލަރު ބޭރުކުރަމުންދާކަމަށް ވެސް ޝަމްހީދު ވިދާޅުވިއެވެ. އަދި އެކި ނަންނަމުގައި ކުންފުނިތައް ހަދައިގެން، ތަރައްގީގެ ފައިސާ ކުންފުނިތަކަށް ބަދަލުކޮށް ބޭރުން މުދާ ގަތުމަށް ޑޮލަރު އިސްރާފުކުރަމުންދާކަމަށް ވިދާޅުވިއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 25 ރުފިޔާއަށް ވުރެ މައްޗަށް އަރައިގެން ގޮސްފައިވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުންކަމަށާއި، ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އެތެރޭގެ ބާޒާރުން ފައިސާ ނަގައިގެން ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ޕްރިންޓު ކުރުމަކީ ރުފިޔާގެ އަގު ވެއްޓެން ދިމާވި މައިގަނޑު ސަބަބުކަމަށް ޝަމްހީދު ވިދާޅުވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސިޔާސަތުތަކަށް ފާޑުކިއުން އަމާޒުކޮށް ޝަމްހީދު ވިދާޅުވީ، މަޖުބޫރުކޮށްގެން ޑޮލަރުގެ ވަކި އިންސައްތައެއް މާރުކުރުވަން އުޅުމަކީ އަދި ޑޮލަރު މާރުކުރުން ޖިނާއީ ކުށަކަށް ހަދައިގެން މީހުން ފަހަތުން ދުވުމަކީ މި މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރަން ބޭނުންނަމަ، ލައިސަންސް އޮތަސް ނެތަސް ވީހާވެސް ގިނަ ބަޔަކަށް ޑޮލަރު މާރުކުރުމުގެ ފުރުސަތު ހުޅުވާލައި، މަޖުބޫރުން ޑޮލަރު މާރުކުރުވުން ހުއްޓާލަންޖެހޭކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކޮށްގެން މެނުވީ ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: