ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑުހިޔަނީގެ ހަނދުކޭތަ ނަމާދުކުރުން މިރޭ އޮންނާނެ: އިސްލާމިކް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިރޭ ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، ހަނދުކޭތަ ނަމާދުކުރާގޮތަށް ހަމަޖައްސާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ހާމަކޮށްފިއެވެ.

މި ކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން،  ބުރާސްފަތިދުވަހުގެ ރޭ  ނެރުނު ސަރކިއުލަރއެއްގައި ބުނީ، މިރޭ ރާއްޖޭ ގަޑިން 22:45 އިން ފެށިގެން ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެކަމަށެވެ.

އަދި އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ މިރޭގެ މެންދަމު 00:24 ގައި ކަމަށާއި، ހަނދުކޭތަ ވީއްލާނީ މެންދަމު 02:04 ގައިކަމަށާއި، މި ކޭތައަކީ ފަނޑު ހިޔަނީގެ ކޭތައަކަށްވުމުން، ކޭތަ އެހާ ބޮޑަށް ފާޅުނުވާނެކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި ކޭތައާއި ގުޅިގެން، ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި މިރޭގެ މެންދަމު 00:15 ގައި ކޭތަނަމާދުކުރުން އޮންނާނެކަމަށެވެ.

މިގޮތުން އިސްލާމިކް މިނިސްޓްރީންވަނީ، ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސިޓީ ކައުންސިލުތަކަށާއި، ރަށު ކައުންސިލުތަކަށް އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: