ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރަށް ވުރެ އަންނަ އަހަރު ބަޖެޓުން ރައްޔިތުންނަށް ކުރެވޭ ހޭދަ އިތުރުވެގެންދާނެ: ދީދީ

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓުން ރައްޔިތުންނަށް ކުރެވޭ ހޭދަ އިތުރުވެގެންދާނެ ކަމަށާއި އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ފައިދާ ހުރި ގިނަ ކަންކަން އެކުލެވޭ ބަޖެޓެއް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ، 2027 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ދިވެހި ރައްޔިތުންނަށް ވަރަށް ފައިދާހުރި ކަންކަން ކުރެވިގެން ދާނެ ބަޖެޓަކަށް ވާއިރު، އެ ބަޖެޓުން އެއްވެސް ކަހަލަ ގޯސްކަމެއް ހިނގާފައިވާ ތަނެއް ނުފެންނަކަމަށެވެ.

މި އަހަރަށް ވުރެ 2027ވަނަ އަހަރު ރައްޔިތުންނަށް ބަޖެޓުން ކުރެވޭ ހޭދަ އިތުރުވެގެންދާނެ ކަމަށާއި ރައްޔިތުންނަށް ފައިދާ ހުރި ގިނަ ކަންކަން އެ ބަޖެޓުން ކުރެވިގެންދާނެކަމަށް ޔަގީންވާ ކަމަށް ވެސް ދީދީ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިއްހަތާއި، ތައުލީމާއި، އިޖުތިމާއީ ތަރައްގީއާއި އަދި އެހެނިހެން ދާއިރާތަކުން ކުރާނެ ހަރަދުތައް ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ދީދީ ވިދާޅުވީ، އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ބަޖެޓަށް ބަހުސްކުރައްވާއިރު ގަޔަށް ވާގިލާފައި، ބަޖެޓަކީ ތާކުންތާކުން ނުޖެހޭ ބަޖެޓެކޭ ވިދާޅުވާނަމަވެސް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެބޭފުޅުންނަށް ކަމުދާ އެއްވެސް ބަޖެޓެއް މި ރާއްޖޭގައި ނެތް ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ފާސްކުރާ ބަޖެޓެއް ނޫނީ އެބޭފުޅުންނަށް ކަމުނުދާކަމަށް ދީދީ ވިދާޅުވިއެވެ.

”މިއަދުވެސް އަޅުގަނޑަށް ފެނިގެން މިދިޔައީ، އިއްޒަތްތެރި މެންބަރު ޣަފޫރުގެ ވާހަކަފުޅުގައި ވަރަށް ވަރުގަދަ ވަރަށް ބާރަށް ރައްޔިތުންނަށް އޮޅޭގޮތައް ގިނަ ވާހަކަތަކެއް ދައްކާފައި ނުކުމެގެން ދިޔަތަން. އެއީ އެބޭފުޅުން ޖައްސާ އެއްޗެއް. ދެން މިހާރު ގޮސް ކާކޮޓަރީގައި ޕީއެންސީ މެންބަރުން ކޮނޑުގައި އަތް ކާތާލާފައި ބުރަކަށީގައި އަތް ފިރުމާލާފައި ވިދާޅުވާނެ، އެެއީ ދާއިރާގެ މެންބަރުން ކުރިމަތީ ކުޑަކޮށް ރޭންކު މަތިކޮއްލީއޭ، ބަޖެޓު ރަނގަޅޭ.“ ދީދީ

މީގެ އިތުރުން އިސްރަށްވެހިނަށް ލިބޭ ފައިސާކޮޅު ކަނޑާލާނެ ކަމަށް އިދިކޮޅުން ބުނާ ބުނުމަށް ރައްދުދެއްވަމުން ދީދީ ވިދާޅުވީ، މިހާރުވެސް އެ ފައިސާ ދެމުން ދަނީ އިދިކޮޅުން އެ ވާހަކަ އެހެން ދައްކާދައްކާ ތިއްބާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް އިސްރައްވެއްސަކަށް އެ ދެއްވާ 5000 ރުފިޔާ ކެނޑުނު ވާހަކައެއް އިވިފައިނުވާ ކަމަށް ދީދީ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެކެނިވެރި މައިންނާއި ހާއްސަ އެހީ ބޭނުންވާ ކުދިންއަށް ދޭ އިނާޔަތްތައް މަދުނުވެ، ވާނީ ގިނަކަމަށް ދީދީ ވިދާޅުވިއެވެ.

އެއައްފަހު ޑޮލަރުގެ ވާހަކައަށް އަލިއަޅުވާލަމުން ދީދީ ވިދާޅުވީ، ޑޮލަރަށް ދަތިކަން ދިމާވެގެން މިއުޅެނީ، މިދިޔަ އެމްޑީޕީ ސަރުކާރުން ބޮޑު އަދަދަކުން ގައުމު ދަރުވާލުމުން ކަމަށެވެ. އަދި ރައްޔިތުންނަށް އެއްވެސް އަސާސީ ހިދުމަތެއް ހާސިލްނުވާ ގޮތަށް ކަންކަން ބައްޓަންކޮށް ގައުމު ފުޑާލާފައި ދިޔައީ ކަމަށްވެސް ދީދީ ވިދާޅުވިއެވެ. ނަމަވެސް، މި ސަރުކާރުން އިރާދަކުރެއްވިއްޔާ އެކަމުން އަރައިގަންނާނެ ކަމަށްވެސް ދީދީ ވިދާޅުވިއެވެ.

މެމްބަރު ދީދީ ވިދާޅުވީ، އެ ވާހަކަ ދައްކަން ބޭނުން ނުވާކަމަށާއި، ނަމަވެސް އިދިކޮޅުން ވާހަކަ ދެއްކެވި ބޭފުޅާ ހަގީގަތާ ހިލާފު ވާހަކަ ދެއްކެވުމުން އެ ވާހަކަތައް ދައްކަން ޖެހުނީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: