ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ ވަގުތީ ގޮތުން ވަޅުލުން މެދުކަނޑާލައިފި

ފޮޓޯ: އެޑިޝަން އެމް ވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަޙައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، އެ ސަހަރާގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނީ ވިއްސާރައިގެ ސަބަބުން ކަށްވަޅު ކޮންނައިރު 6 އިންޗިއާއި 7 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން އަރަމުންދާތީ ކަމަށެވެ.

މި ހާލަތާ ގުޅިގެން، ހުޅުމާލެ ސަހަރާގައި ވަޅުލުން މެދުކަނޑާލި ވަގުތުތަކުގައި މައްޔިތުން ވަޅުލުމުގެ އިންތިޒާމުތައް މާލޭގެ އާސަހަރާއަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

މީގެ ކުރިންވެސް ވިއްސާރަ މޫސުމުގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، ފެން ނުހިނދުމުގެ ސަބަބުން މައްޔިތުން ވަޅުނުލެވިގެން މާލޭގެ އާސަހަރާއަށް ވަޅުލުން ބަދަލުކުރަން ޖެހިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: