ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާއާއި އައިނުގެ ޚިދުމަތް ފޯރުކޮށްދޭ އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި، އަވި އައިނަށް ޚާއްޞަކޮށްގެން ބޮޑެތި ޑިސްކައުންޓްތަކާއެކު ދެ ދުވަހުގެ ފްލޭޝް ސޭލެއް ފަށައިފިއެވެ.
މި ހޮނިހިރު އަދި އާދިއްތަ—ނޮވެމްބަރު 28 އަދި 29 ވަނަ ދުވަހު ކުރިއަށްގެންދާ މި ޚާއްޞަ ސޭލުގައި، އެ ފިހާރައިން ލިބެން ހުންނަ ހުރިހާ އަވި އައިނަކުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެއެވެ. މި ފުރުޞަތު ކުރިއަށްދާނީ ހަމައެކަނި ފަރީދީ މަގުގައި ހުންނަ އައިކެއާގެ އައުޓްލެޓުގައެވެ.
މި ސޭލުގެ ތެރެއިން ދުނިޔޭގެ މަޤްބޫލު އެތައް ބްރޭންޑެއްގެ އޮރިޖިނަލް އަވި އައިނުތައް ހެޔޮ އަގުގައި ގަންނަން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި މައުއީ ޖިމް ރޭ-ބޭން ވޯގް ޕޮލަރޮއިޑް ނޮކްއެރައުންޑް އޯނީލް އަދި ސުޕަޑްރައި ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެއެވެ. މީގެ ތެރޭގައި ކުޅިވަރު ކުޅޭއިރު އަޅާ ވައްތަރުތަކާއި، އެންމެ ފަހުގެ ފެޝަން ޑިޒައިންތަކުގެ އިތުރުން ކޮންމެ ދުވަހަކު ބޭނުންކުރަން އެކަށީގެންވާ ތަފާތު ވައްތަރުތަކުގެ އައިނުތައް ހިމެނެއެވެ.
އަހަރު ނިމޭ ޗުއްޓީ ދުވަސްވަރާ ދިމާކޮށް މިފަދަ ސޭލެއް ކުރިއަށްގެންދާއިރު، މިއީ ދަތުރުދިއުމަށާއި ބޭރުތެރޭގެ އެކި ހަރަކާތްތަކަށް ބޭނުންވާ ކޮލިޓީ އަވި އައިނު ހޯދުމަށް ނުވަތަ ގާތް ފަރާތްތަކަށް ހަދިޔާ ދިނުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
އައިކެއާ އިން ވަނީ މި ދެ ދުވަހު ފަރީދީ މަގު ފިހާރައަށް ޒިޔާރަތްކޮށް، ތަފާތު ގިނަ ޑިޒައިންތަކުގެ ތެރެއިން އެމީހަކު އެންމެ ގަޔާވާ އަވި އައިނެއް ޚިޔާރުކުރުމަށް ހުރިހާ ފަރާތްތަކަށް ދަޢުވަތު އަރުވާފައެވެ.

