ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރަށް ނިކުމެވޭ، ކުޑަ ކުދިންނަށް ވެސް ހާއްސަ ގަޑިއެއް!

ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރަށް ނިކުމެވޭ، ކުޑަ ކުދިންނަށް ވެސް ހާއްސަ ގަޑިއެއް ކަނޑައަޅާފައިވޭ - ފޮޓޯ/ ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޯމަ ދުވަހުން ފެށިގެން އެއްވެސް ހުއްދައެއް ނުނަގައި ވަކި ގަޑިތަކެއްގައި މަލެ ތެރޭގައި އުޅެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، އާ އުސޫލާއި އެކު އަންނަ ހޯމަ ދުވަހުން ފެށިގެން ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ހުއްދައެއް ނުނަގައި ބޭރުގައި އުޅެވޭނެ ކަމަށެވެ. އެހެން ނަމަވެސް ތިން މީހުންނަށް ވުރެ ގިނައިން ބޭރުގައި ނޫޅެވޭނެކަމަށް ޝައިނާ ވިދާޅުވިއެވެ.

އާ ލުއިތަކާއި އެކު ވަކި ގަޑިތަކެއް އުމުރުފުރާތަކަށް ވަނީ ހާއްސަކޮށްފައެވެ.

އެގޮތުން ފަތިހުގެ 05:00 އިން ހެނދުނު 08:00 ޖެހުމާއި ހަމައަށް އުމުރުން ދުވަސްވީ ފަރާތްތަކަށް ބޭރުގައި އުޅެވޭއިރު، ހަވީރުގެ 04:00 އިން ފެށިގެން 06:00 އެއް ޖެހުމާއި ދެމެދު ކުޑަ ކުދިންނަށް ބޮޑެތި މީހުންނާއި އެކު ނިކުމެވޭނެއެވެ. މީގެ އިތުރު އިރުއޮއްސި 06:00 އިން ފެށިގެން 09:00 ޖެހުމާއި ދެމެދުގެ ވަގުތު ހާއްސަކޮށްފައިވަނީ ކަސްރަތު ކުރުމަށެވެ.

ޝައިނާ ވަނީ ލުއިތަކެއް ދިން ނަމަވެސް، އެ މީހެއްގެ މޫވްމެންޓުތައް ވީހަވެސް މަދު ކުރުމަށް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: