ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު 17 މީހަކު ޕޮޒިޓިވްވެ، ބަލި ޖެހުނު ދިވެހިންގެ ޢަދަދު 800 އާއި ހަމައަށް

ބަލި ޖެހުނު ދިވެހިންގެ ޢަދަދު 800 އާއި ހަމައަށް އަރައިފި. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް އިތުރު 17 މީހަކު ޕޮޒިޓިވްވެ، ބަލި ޖެހުނު ދިވެހިންގެ ޢަދަދު 800 އާއި ހަމައަށް އަރައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ވަނީ، މި ކަން ކަށަވަރުކޮށްދެއްވާފައެވެ. އެޗްޕީއޭއިން ބުނީ، ބުދަ ދުވަހުގެ ހަވީރު 18:00 އާއި ހަމައިން ފެށިގެން، ބުރާސްފަތި ދުވަހުގެ ހަވީރު 18:00 އާއި ހަމައަށް އިތުރު 17 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 2،277 އަށް އަރާފައިވާކަމަށެވެ. މި ގޮތުން ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، 7 ދިވެއްސެއްގެ އިތުރުން، ބަންގްލަދޭޝްގެ 10 މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެހެންކަމުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓީވްވި ދިވެހިންގެ ޢަދަދު މިހާރު މިވަނީ 801 އަށް އިތުރުވެފައެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ މި 10 މީހުންނާއެކު، ރާއްޖެއިން ޕޮޒިޓިވްވި އެ ޤައުމުގެ މީހުންގެ ޢަދަދު މިވަނީ 1،186 އަށް އިތުރުވެފައެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި ކޮވިޑަށް ފަރުވާހޯދަމުން އަންނަ މީހުންގެ ތެރެއިން، އިތުރު 08 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު ރާއްޖެއިން މިހާރު ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު 1،848 އަށް އިތުރުވެފައިވާއިރު، މިހާރު ފަރުވާ ހޯދަމުން އަންނަނީ، 416 މީހުންކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ކަރަންޓީނު ފެސިލިޓީތަކުގައި، 219 މީހުން ތިބިއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 315 މީހުން މިހާރުވެސް އެބަތިބިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: