ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ދަރިފުޅު އެކި ފަހަރު މަތީން ރޭޕް ކުރިކަމުގެ ތުހުމަތަށް ކުއްޖާގެ ބައްޕަ ހައްޔަރަށް!

ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި އޭރު މާލެ ތެރޭގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 13 އަހަރުގެ އަންހެން ދަރިފުޅު އެކި ފަހަރު މަތިން ރޭޕްކުރި ކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފިއެވެ.

ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން 35 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 25 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ، ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި ދަރިފުޅު ރޭޕް ކުރިކަމަށް ތުހުމަތުވާ އެ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަހައްޓައިގެން ތަހުގީގި ކުރިޔަށް ގެންދިއުމަށް 08 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފެއް ނުލިބޭއިރު، ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ދޫކޮށްލި މައްސަލަ ވަނީ ބޮޑުވެފައެވެ. ފުލުހުން އެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށް ބުނެއެވެ.

39 އަހަރުގެ ދެ ފިރިހެނަކު، ފަތުވެރިޔާ ރޭޕް ކުރި މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުވާއިރު އެ މީހުންނަކީ ސަރުކާރުގެ ތެރޭގައި ބާރުގަދަ ބައެއްކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި އެއީ އިސް ފަރާތެއްގެ ފިރިމީހާކަމަށް ބުނެ އޭނާގެ ފޮޓޯތައް ވެސް ސޯޝަލް މީޑީއާގައި ދައުރުވާއިރު ފުލުހުން އެކަމަށް އެއްވެސް ކޮމެންޓެއް ނުކުރެއެވެ.

ނޫސްވެރިން ވަނީ އެ މީހުން ދޫކޮށްލީ ކީއްވެގެން ތޯ އާއި، އެހެން މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ ވަނަވަރު ހާމަކުރާއިރު މި މައްސަލައިގައި ހާމަ ނުކުރަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އެހެން ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ މައްސަލަ ކުރިޔަށް ދާތީ އިތުރު މައުލޫމާތެއް ހިއްސާ ނުކުރެވޭނެ ކަމަށެވެ. އަދި ތުހުމަތު ވާ މީހާއާއި ބެހޭ ގޮތުން ވެސް ސުވާލު ކުރުމުން ފުލުހުން އެއްވެސް ޖަވާބެއް ނުދެއެވެ.

މި އަހަރުގެ ކުރީކޮޅު ދެކުނުގެ ރަށެއްގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި އެކު މިފަދަ އެތައް މައްސަލައެއް ފުލުފުލުގައި ފެންމަތިވެގެން އައެވެ. އަދި ގިނަ މައްސަލަތަކީ ތަހުގީގީ އިދާރާތްތަކަށް ހުށަހެޅުމުން ވެސް ކުރިޔަށް ނުގެންގޮސްވަނިކޮށް، މީޑިއާތަކާއި ސޯޝަލް މީޑިއާއިން ފެންމަތިކޮށްލި ކޭސްތަކެވެ. އަދި އެތައް މައްސަލައެއް ވަނީ ތަހުގީގު ނުކުރެވި ފުނިޖެހިފައެވެ.

ޖިންސީ ގޯނާގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންނާއި މެދު ފިޔަވަޅު ނޭޅޭ މައްސަލައިގައި އާއްމުންގެ ނުރުހުން އިތުރުވަމުން އަންނައިރު ފާއިތުވީ މަހެއް ހާ ދުވަހުގެ ތެރޭގައި އަނެއްކާ ވެސް ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތަކުގައި ކުއްޖާގެ އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންވެސް ހައްޔަރުކޮށްފައިވެއެވެ.

އޭރު މަޖިލީހުގެ ކޮމިޓީތައް ވެސް ބާރު ސްޕީޑެއްގައި މަސައްކަތް ފެށިއެވެ. އަދި ކަމާއި ބެހޭ އިދާރާތަކާއި މަސްއޫލިއްޔަތުތައް ވެސް ހަވާލު ކުރިއެވެ. ނަމަވެސް ފަހުން އެކަމުގެ މާބޮޑު އަޕްޑޭޓެއް ނުލިބެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައިގައި ދައުލަތުގެ މުވައްސަސާތައް ޒިންމާދާރުވެ، މި ފަދަކަންކަމުގައި ޝާމިލުވާ މީހުންނަށް ވީހާވެސް ހަރުކަށި އަދަބު ދިނުމަށް އާއްމުންދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: