ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގަމުން ދިޔަ ބ. ބޮޑުފިނޮޅުގައި ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގީ ރަށުގެ ޑިވެލޮޕަރު ފައިސާ ނުދޭތީ ކަމަށް ބުނެ ރިޒް ކުންފުނީގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނަށް ޑިވެލޮޕަރު ސީލް މޯލްޑިވްސްގެ ވަކީލުން ރައްދު ދީފި އެވެ.
ބ.އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ވެގެން ދިވެހިންތަކެއް ރަހީނުކޮށްފައިވާ ކަމުގެ މައުލޫމާތު އެންމެ ފުރަތަމަ މީޑިއާތަކާއި ހިއްސާކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެއަށްފަހު ދެ ފަހަރެއްގެ މަތީން ރަށަށް އެރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ވޭތުވެ ދިޔަ 04 މަސް ދުވަހުގެ މުސާރަ ދީފައިނުވާކަމަށް ބުނެ އެވެ. މުޒާހަރާ ކުރުމުގެ ތެރެއިން އެ މީހުން 15 ދިވެހިންތަކެއް ރަހީނުކުރިއިރު ޑިމާންޑު ކުރީ މުސާރަ ދިނުމަށެވެ. ރަށުގައި ހަމަނުޖެހުން ހިންގިއިރު 200 ބިދޭސީން ތިއްބެވެ. ބިދޭސީން ދިވެހިންނަށް އަނިޔާއެއް ނުދޭ ކަމަށް ފުލިހުން ވަނީ މައުލޫމާތު ދީފައެވެ.
މީގެ ކުރިން ރަށަށް އެރުމަށް މަސައްކަތް ކުރުމުން ބިދޭސިން ވަނީ، ތޫނުކޮށްފައިވާ ދަގަނޑާއި ގާތައް އުކާފައެވެ.
ބ. ބޮޑު ފިނޮޅުގައި ސީލް މޯލްޑިވްސްގެ ފަރާތުން ކުރަމުންދާ ތަހުގީގާއި ގުޅޭގޮތުން ލޯކްރާފްޓްގެ ނަމުގައި ނެރެފައިވާ ނޫސްބަޔާނާއި ގުޅޭގޮތުން ބަޔާނުގައި ބުނެފައިވަނީ ސީލް މޯލްޑިވްސްގެ ފަރާތުން ބޮޑު ފިނޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓާއި ގުޅޭގޮތުން ރިޒް ޕްރައިވެޓް އާއި ދެމެދު 02 އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރެވިފައިވާ ތާރީހުތަކަކީ 18 ނޮވެމްބަރާއި އަދި އެ އަހަރުގެ ޑިސެމްބަރު ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ކުރުމުން، އެއެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ޖުމުލަ ފައިސާގެ އަގަކީ، ފަސް މިލިއަން ހަތަރުލައްކަ ސަތާރަ ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ ކަމަށެވެ. އަދި ޑިސެމްބަރ ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހ އެންމެހައި މަސައްކަތްތައް ފުރިހަމަ ކުރުމުން، އެއެއްބަސްވުމުގެ ދަށުން ދައްކަންޖެހ ޖުމުލަ ފައިސާގެ އަގަކީ ހަތް މިލިއަން ތިންލައްކަ ތިރީސް ދެހާސް ހަތްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ލޯކްރާފްޓްގެ ފަރާތުން ޙަވާލާދީފައިވާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް މޯލްޑިވްސްގެ ފަރާތުން ކޮންޓްރެކްޓަރ އަށް ދައްކަންޖެހެނީ ޖުމުލަ، ބާރަ މިލިއަން ތިންލައްކަ ތިރީސް ދެ ހާސް ހަތްސަތ ކަ ފަސްދޮޅަސް ފަސް ރުފިޔާ ކަމަށެވެ. އެއާއި އެކު ސީލް މޯލްޑިވްސް ޕްރައިވެޓް ލި މިޓެޑްގެ ފަރާތުން ކޮންޓްރެކްޓަރ އަ ށް ދައްކާފައިވާ ފައިސާތަކަށް ބަ ލާއިރު، މިހާތަނަށް އެކާވީސް މިލިއަން ހަތްލައްކަ ހަތްދިހަ ތިން ހާސް ތިންސަތޭކަ ތިރީސް އަށް ރުފިޔާ ވަނީ ދައްކާފައި ކަމަށެވެ.
ސީލްގެ މޯލްޑިވްސްގެ ގާނުނީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ލޯކްރާފްޓް ނޫސް ބަޔާނުގައި، ކޮންޓްރެކްޓަރ ގެ ފަރާތުން ރިސޯޓުގެ ބޮޑު ބައެއް ނިމިފައިވާކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ކޮންޓްރެކްޓަރ އާއި ހަވާލުކޮށްފައިވަނީ މުޅި ރިސޯޓް އެއްކޮށް ތަރައްޤީކުރަން ނޫންކަމަށާއި، އޭގެ ބަދަލުގައި، ކަނޑައެޅިފައިވާ ވަކި މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އަދި ރިސޯޓް ޑިވެލޮޕްކުރުމުގެ ޖުމުލަ މަސައްކަތުގެ ނިސްބަތަށް ބަލާއިރު، ލޯކްރާފްޓްގެ ފަރާތުން ބަޔާންކުރާ ފަދައިން، ރިސޯޓެއްގެ ބޮޑު ބައެއް ބާރަ މިލިއަން ތިންލައްކަ ތިރީސް ދެ ހާސް ހަތްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާއަށް ނިންމާލެވޭ ކަމަށްވާނަމަ، ރިސޯޓެއް ޑިވެލޮޕް ކުރުމުގެ އަގު އެއް މިލިއަން ޑޮލަރަށް ވެސް ނާރާނެ ކަމަށެވެ.
ސީލްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ ކޮންޓްރެކްޓްގެ ދަށުން ހަތްހާސް ރުފިޔާގެ ރޭޓުން ޑިވެލޮޕަރގެ ފަރާތުން ކޮންޓްރެކްޓަރ އަށް ފައިސާ ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާނެ ކަމަށެވެ. އެހެން ކަމުން ފައިސާ ނުދެވެން ވީ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް ބުނެފައިވެއެވެ. އެއާއި އެކު އެއްބަސްވުމުގައި ވެސް މުވައްޒަފުންގެ މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ޚަރަދުކުރާނީ ކޮންޓްރެކްޓަރު ކަމަށް އޮންނާނެ ކަމަށް ވަކީލުންގެ ޓީމުން ފާހަގަކޮށްފައި ވެއެވެ.

