ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު 13 ދިވެހިންނާއެކު ޕޮޒިޓިވްވި ޖުމްލަ ޢަދަދު 2،930 އަށް އަރައިފި

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 17 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހޮނިހިރުދުވަހުގެރޭ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެޗްޕީއޭއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ މަޢުލޫމާތު ޢާންމުކޮށްފައިވަނީ، ކޮންމެދުވަހެއްގެ ހަވީރު 18:00 އިން ފެށިގެން، 24 ގަޑިއިރުތެރޭގައި ޕޮޒިޓިވްވާ މީހުންގެ މަޢުލޫމާތު ޢާންމުކުރާ އުސޫލުންނެވެ. މި ގޮތުން ހުކުރުދުވަހު ހަވީރު 18:00 އިން ފެށިގެން، ހޮނިހިރު ދުވަހުގެ އެ ވަގުތާއި ހަމައަށް 17 މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު މިހާރު 2،930 އަށް އަރާފައިވާކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި، ކޮވިޑަށް އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ، 13 ދިވެހިންގެ އިތުރުން، ބަންގްލަދޭޝްގެ 03 މީހުންނާއި، ސްރީލަންކާގެ ރައްޔިތެކެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ރާއްޖެއިން މި ބަލިޖެހުނު މީހުންގެތެރެއިން އިތުރު 14 މީހަކު ރަނަގަޅުވެފައިވާކަމަށާއި، މި ގޮތުން ބަލިޖެހުނު ޖުމްލަ ޢަދަދުގެތެރެއިން މިހާރު، 2،354 މީހުން ރަނަގަޅުވެފައިވާކަމަށެވެ. އަދި ފަރުވާދެމުން އަންނަނީ، 546 މީހަކަށް ކަމަށް ވެސް އެޗްޕީއޭގެ ޓްވީޓްގައި ބުނެފައިވެއެވެ. އަދި، ކަރަންޓީނު ފެސިލިޓީތަކުގައި ޖުމްލަ 21 މީހުން ތިބިއިރު، އައިސޮލޭޝަން ފެސިލިޓީގައި ޖުމްލަ 433 މީހުން އެބަތިބިކަމަށެވެ.

https://twitter.com/HPA_MV/status/1284535355807588353?s=20

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރު 2،930 އަށް އަރާއިރު، އޭގެތެރެއިން 15 މީހަކު ވަނީ ނިޔާވެފައެވެ. އެޗްޕީއޭއިން ބުނެފައިވާގޮތުގައި ނިޔާވެފައިވަނީ 10 ދިވެއްސެއްގެ އިތުރުން، 5 ބިދޭސީއެކެވެ. މި ގޮތުން ނިޔާވި ބިދޭސީންގެތެރޭގައި ހިމެނެނީ، ބަންގްލަދޭޝްގެ 04 މީހުންނާއި، ޕިލިޕީންސް މީހެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: