ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ގްރޭޑްތަކެއްގެ ކިޔެވުން އަނެއްކާވެސް އޮންލައިންކޮށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ ހުރިހާ ސްކޫލްތަކެއްގައިވެސް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިޑް ޓާމް ބަންދަށްފަހު ސްކޫލްތައް ހުޅުވުމަށް ނިންމާފައިވީ ނަމަވެސް، މިހާރު އޮތް ކޮވިޑް-19ގެ ހާލަތަަށް ރިއާޔަތްކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ދަރިވަރުން ސްކޫލަށް ހާޒިރުނުވެ، ކިޔެވުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. މިވަގުތަށް މިނިންމުން ނިންމާފައިވަނީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ކަަމަށާއި، މި ދެހަފްތާގެ ހާލަތަށް ބެލުމަސްފަހު މިނިންމުން މުރާޖާއަ ކުރާނެ ކަމަށެވެ.

ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އަދި ޖުލައި އެކަކުން ފެށިގެން މާލެ ސިޓީ ފިޔަވައި އެހެން ހުރިހާ ސްކޫލްތަކެއްގައި ހުރިހާ ގްރޭޑަކަށް ކިޔަވައިދެމުން ގޮސްފައިވާއިރު، މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 9އިން 12އާއި ހަމައަށް ވަނީ ކިޔަވައިދެމުން ގޮސްފައެވެ. އަދި މާލެ ސިޓީގެ ސްކޫލްތަކުގެ ގްރޭޑް 7 އަދި 8ގެ ދަރިވަރުންނަށް މިއޮގަސްޓް މަހުގެ 16 ވަނަ ދުވަހު ކިޔަވައިދިނުން ފެށުމަށް ވަނީ ނިންމާފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ބަޔާނުގއި ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖްތިމާއީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއްކަން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް އެންމެ އިސްކަމެއް ދޭނީ ދަރިވަރުންގެ ސިއްހަތަށްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ދަރިވަރުން ގޭގައި ތިބޭއިރުވެސް ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: