ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހޯމް ކަރަންޓީނަށް ދާ ގިނަ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުން/ މިހާރު ދަތުރު ކުރުމުގެ އުސޫލަށް ވަނީ ބަދަލު ގެެނެސްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ފުރައިގެން އައްޑޫ ސިޓީ ހިތަދޫގައި، ހޯމް ކަރަންޓީނުވެގެން އިން ބިދޭސީއެއް ކޮވިޑަށް ޕޮޒިޓިްވެފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

38 އަހަރުގެ އެ މީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަކޮށް ރިލީޒް ދިނުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރުމުންނެވެ

ސަންގުއާއި މައުލޫމާތު ހިއްސާ ކުރަމުން އެޗްއީއޯސީން ބުނެފައިވަނީ ބިދޭސީ މީހާގެ ސާމްޕަލް ނަގާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މިއަދު އޭނާގެ ނަތީޖާ ލިބުނުއިރު ބައްޔަށް ޕޮޒިޓިވްވެފައިވާތީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ.

ބިދޭސީ މީހާ އައްޑޫއަށް ދިޔައީ ކޮން ސަބަބަކާއި ހުރެކަމެއް އަދި ސާފެއް ނޫނެވެ.

ފަހަކަށް އައިސް މާލެއިން ރަށަށް ގޮސް ކަރަންޓީނުވާ މީހުން ކޮވިޑަށް އަންނަނީ ޕޮޒިޓިވްވަމުންނެވެ. އަދި އެ މީހުން ބައްޔަށް ޕޮޒިޓިވްވާކަން އެނގެނީ، ދޫކޮށްލުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރާއިރުއެވެ. މިހާތަނަށް ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ، އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ކޭސްތައް މަދުވުމުން، ބައްޔާއި ދެކޮޅަށް އަޅާފައި ހުރި ވަރުގަދަ ފިޔަވަޅުތަކަށް ލުއިދިނެވެ. 

ރަށްތަކުގައި ހޯމް ކަރަންޓީނުވާ މީހުން ކޮވިޑަށް ޕޮޒިޓިވްވުން އިތުރުވެފައިވުމާއި، އަދި މާލޭގައި ވެސް އެއްވެސް ކަލަސްޓާއަކާއި ގުޅުމެއް ނެތި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް އިތުރުވުމުގެ ސަބަބުން މާލެ ސަރަހައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

މީގެ އިތުރުން މާލެއިން ރަށްތަކަށް ދަތުރުކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް، ވަކި ޝަރުތުތަކެއް ހަމަވެގެން ނޫން ގޮތަކަށް މާލެއިން ރަށްތަކަށް ނުދެވޭގޮތަށް ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާއަށް މާލެ އައި މީހުންނާއި، މާލީ ދަތިތަކާއި ހެދި ނުވަތަ ވަޒީފާ ގެއްލިގެން ރަށަށް ބަދަލުވާ މީހުންނެވެ.
 
 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: