ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް އަންނަންވީ ވައުދު ބިލާހަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް އައުމަށްޓަކައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން މި ގެންގުޅޭ ފަލްސަފާއެއް ނޭގުނެވެ. ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމަށް ބޭނުން ނުކުރާ އެއްޗެއް ނެވެތެ. އެބަޔެއްގެ ބާރެއް ނެތް ކަމުގައިވިޔަސް ނުވާ ވަޢުދެއް ނެތެވެ. އެކަމަކު ވެރިކަން ލިބުނީމުން އެ ވަޢުދުތައް ކަނޑުގައި ދަމާލެވޭ ރޮނގެކޭ އެއްގޮތްވެއެވެ.

ސިޔާސީ މީހުންގެ އަވައިގައި ޖެހުމަކީ ބޮޑުވެގެންވާ ހަލާކެއްކަން މިދަނީ ފެންނަމުންނެވެ. އެމީހުން އަމިއްލަ ފައިދާއަށް ނޫންގޮތަކަށް ކަމެއް ކުރާތަނެއް ނުފެނެއެވެ. ނަމަވެސް ދައްކަން ބޭނުންވާނީ ހުރިހާ ކަމެއް ކުރަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ.

މިހާރު ”އިންސާފު“ މިއީ ރަނގަޅު ލަފުޒެއްތޯ ސުވާލު އުފެދެން ފަށައިފިއެވެ. މިސަރުކާރުންވެސް ވެރިކަމަށް އައުމަށް ވީ އެންމެ ބޮޑު ވައުދަކީ އިންސާފު ޤާއިމުކުރުމެވެ. އެކަމަށްޓާކައި ވެރިކަމުގެ ފުރަތަމަ ދުވަހު ދެ ކޮމިޝަނެއްވެސް އުފެއްދެވިއެވެ. އެކަމަކު މިއަދާއި ހަމައަށް އެ ކޮމިޝަންތަކުން ބެލި މައްސަލައަކުން އިންސާފު ލިބުނު ރައްޔިތަކު ނެތެވެ.

ރައްޔިތުންގެ އިހުސާސްތަކާއި ކުޅެ ޏާޖާއިޒް ފައިދާ ނަގައިގެން ވޯޓުހޯދުން ސިޔާސީ ޕާޓީތަކުން ހުއްޓާލަން ވެއްޖެއެވެ. ގަތުލުތަކުގެ ވާހަކަ އާއި ކުޑަ ކޮޓަރިއެއްގެ ތެރޭގައި ގަނަތެޅޭ އާއިލާތައް އުޅޭ ދަތި ހާލުގެ ވާހަކަ އާއި. ވަޒީފާ ނެތް ޒުވާނުން، ގެދޮރު ނޭޅިގެން އުޅެންޖެހޭ ހާލު، ޖަލުގައި ދޭ އަނިޔާ، ވާހަކަ ދައްކައިގެން ރައްޔިތުންގެ އިހުސާސްތަކާ ކުޅުން ނޫން އިތުރުކަމެއް ނުވިއެވެ. ކަމެއް ޙައްލު ނުވާއިރު ހަރުދަނާ ފިޔަވަޅެއްވެސް ނޭޅެއެވެ.

ސަރުކާރުގަ އިހުލާސް ތެރިކަމެއް ނެތެވެ. އަދުލު އިންސާފް ގާއިމް ކޮށްދޭށް ވައުދުވެ ވެރިކަމަށް އައުމަށްފަހު ފެންނަން ފެށީ ސިޔާސީ މީހުންގެ މަސްލަހަތު ހިމާޔަތް ކުރާތަނެވެ. ގެއްލުވާލެވިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުން އަދި ދިވެހިރާއްޖޭގައި ދިރިތިބި އެންމެންގެ ހައްގުތައް 17 ނޮވެމްބަރ 2023 އާ ހަމައަށް ހޯދައިދިނުމަކީ މި ސަރުކާރުގެ ޒިންމާއެކެވެ.  އެކަމަކު ގައުމުގެ ހުރިހާކަމެއް ބޮއްސުންލައިގެންދާއިރުވެސް މިއުޅެނީ ކޯލިޝަން ޕާޓީގެ ލީޑަރުން ހިތް ރއްސައި ނުދެވިގެންނެވެ.

މަރުތަކާއި ޚިޔާނާތާއި ބަލާނެ ވާހަޖަ ދައްކަނީ ވޯޓު ހޯދަންވީމައެވެ. ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަމެއް ތަކުރާރުވާ ގޮތަށް ކޮމިޝަން ހެދުމުގެ ބޭނުމެއް ނެތެވެ. ސިޔާސީ މީހުންނަކީ އެމީހުންގެ ފައިދާއަށް ކޮންމެ ކަމެއްވެސް ކުރަން ފަސްނުޖެހޭ ބަޔެކެވެ. ސިޔާސީ މީހުންގެ ކަންތައްތަކަށް ދިވެހިން ހޭލުންތެރިވެ، ސަނާ ކިޔުން ހުއްޓާލާ އެމީހުން ޒިންމާދާރުކުރުވަން އެބަޖެހެއެވެ.

ޤަބޫލުކުރެވޭ ގޮތުގައި ދިވެހީންނަށް މިލިބުނީ ސިޔާސީ ފަރާތްތައް އިމްތިޙާން ކޮށްލުމަށް ރަނގަޅު ފުރުސަތެކެވެ. މި ސަރުކާރުންވެސް ރާއްޖޭގެ ”ތަޚުތު“ ހޯދުމަށް، ރައްޔިތުންނަށް އެތަށް ފޮނި އުއްމީދުތަކަކާއި ކުލަ ހުވަފެންތައް ދެއްކިއެވެ. އަދި ހީނުވެސް ނުކުރާފަދަ ގޮތަކަށް އެ ވަޢުދުތަކުގެ މަތީން ހަނދާންނެތި މިހާރު އުޅުއްވަނީ މުއްދަތު ހަމަވުމުގެ ކުރީން ދައުލަތް އެކީ ލޫޓްވައިލާށެވެ. ކުރީންވެސް ކަންވީ ގޮތަށް މިހާރުގެ ސަރުކާރުވެސް މި ހިނގަނީ އެމަގުންނެވެ.

މިހާރު މިފެންނަނީ ރާއްޖޭ ގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އަށް ލިބުނު ތާއީދާއި ކްރެޑިޓާއި ފޭމް ވެއްޔާއި މޮޑެވިގެންދާ މަންޒަރެވެ. ފުރަތަމަ އޭގެ މުއައްސިސު ގައުމުގެ ހުންގާނަށް ލައިގެންނެވެ. ނަމަވެސް ދިޔައީ ވަރަށް ހިތާމަވެރިކޮށް ގައުމު ދެކެން ބޭނުން ނުވާ އެތައް ކަމެއް ފެނިފައެވެ. މިފަހަރު އެ ޕާޓީ ގެ ހަރުދަނާ ޝަޚްޞިއްޔަތެއްގެ މާލިމީކަމުގައެވެ. ނަމަވެސް މުއައްސިސު ކުރައްވާ ކަންތަކުން ވެރިކަމުގެ އެއްބާރު އަނެއްބާރާއި ރައްޔިތުންނާއި ދެމެދު އުފެދެނީ ކޮންފްލިކްޝަނެވެ.

ސިޔާސީ މީހުން ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ދައްކާ ވާހަކަ ތަކަކީ އެންމެ ރީތި ފުލޯކު ވާހަކަތަކެވެ. ދެއްކި ހުރިހާ ވާހަކައެއް، ކުރި ހުރިހާ ކަމެއްކުރީ ވެރިކަމަށް އަންނަން ވެގެނެވެ. ހުށަހެޅި މެނިފެސްޓޯއާއި ވީ ވައުދުތަކާއި، ވެރިކަންލިބުމުން ކުރާކަންކަން ދިމަލެއްނުވެއެވެ. ނޫސްވެރިންނަށް ނުފެނުނަސް މިތަފާތު ދިވެހިރައްޔިތުން ފާހަގަކުރެވެ ކުރިޔަށްހުރި އިންތިޚާބުތަކުން މިކަން ފެންނާނެއެވެ.

މިހާރު މި ސަރުކާރެކޭ ހުންގާނެއް ނެތި ކަނޑުމަތީގައި އޮޔާދާ ބޮއްކުރާ ގަނޑަކާ ތަފާތެއްނެތެވެ. ރައްޔިތުން ކުރި އުންމީދާ ޚިލާފަށް ކަންކަން ދާން ފެށުމުން ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރު ގެއްލެން ފަށައިފިއެވެ. ތެދުވެރިކަމާއެކު ހަގީގަތާ އެއްގޮތަށް ކަންކަންކުރުމުގެ އަޒުމު ހުރެގެން ނޫނީ ހައްގު ގޮތުގައި ހެޔޮ ކަމެއް ނުކުރެވޭނެއެވެ. އަބަދުވެސް ހެދޭނީ ގޯސް ނުވަތަ ބުނެވޭނީ ގޯސް ވާހަކަތަކެވެ. ސިޔާސީ ވެގެން ދެފަހަރު ދެގޮތަށް ވާހަކަ ދައްކާ މީހުންގެ ވާހަކަ ގަބޫލު ކުރާކަށް ނުވާނެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: