ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ މައްސަލަ ތަޙުޤީޤުކުރަން ބޭރުގެ އިންވެސްޓިގޭޓަރެއްގެ ވާހަކަ ރައީސް އެ ދައްކަވަނީ ކުރިން ދެއްކެވި ވާހަކައިގެ މަތިޖެހުމަށް: ޢުމަރު

ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލަ ތަޙުޤީޤުކުރުމަށް ބޭރުގެ އިންވެސްޓިގޭޓަރެއް ގެނައުމުގެ ވާހަކަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެ ދައްކަވަނީ ކުރިން އެ މަނިކުފާނު ދެއްކެވި ވާހަކަތަކުގައި މަތިޖެހުމުގެ ގޮތުންކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

މީގެ 06 އަހަރުކުރިން ނޫސްވެރިޔާ ރިޟްވާން ގެއްލުވައިލި މައްސަލައާއި ބެހޭގޮތުން ’ސަންގަށް‘ ދެއްވި ބަސްދީގަތުމެއްގައި ޢުމަރު ވިދާޅުވީ
ރިޟްވާންގެ މައްސަލަ ތަޙުޤީޤުކުރުމަށް ބޭރުގެ އިންވެސްޓިގޭޓަރެއް ގެނައުމުގެ ވާހަކަ ރައީސް ޞާލިޙް އެ ދައްކަވަނީ މީގެ ކުރިން އެ މަނިކުފާނު ދެއްކެވި ވާހަކަތަކުގައި މަތިޖެހުމުގެ ގޮތުންކަމަށެވެ. އަދި  އެ މައްސަލަ ވަނީ ރާއްޖޭގެ އެންމެ މޮޅެތި އޮފިސަރުން ބަލައި ތަހުޤީޤުކޮށްފައި ކަމަށާއި އެ މައްސަލައާއި ގުޅޭގޮތުން މި ސަރުކާރުން އިތުރަށް ފުރޮޅާނެ އާ ގަލެއްނޯންނާނެކަމަށެވެ.

މީގެ އިތުރުން ޢުމަރު ވަނީ މިއީ އެއްވެސް ތަޖުރިބާއެއް އަދި ހިންގުންތެރިކަމެއް ނެތް ސަރުކާރެއްކަމަށް ވިދާޅުވެ ރައީސް ޞާލިޙްގެ ސަރުކާރަށް ފާޑުކިޔުއްވުންތައް އަމާޒުކުރައްވާފައެވެ. މި ގޮތުން ރައީސް ނަޝީދު މިހާރު އެ ގެންދަވަނީ ރައީސް ޞާލިޙް ދަތިއެޅުވުމުގެ މަސައްކަތް ކުރައްވަމުންކަމަށް ވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.

ރިޟްވާން ގެއްލުވައިލި ފަހުން މި މަހުގެ 08 ވަނަ ދުވަހަށް ހަ އަހަރު ފުރިފައިވާއިރު ރައީސް ޞާލިޙް ޓްވީޓްކުރައްވައި ވަނީ ރިޟްވާންގެ މައްސަލައަށް އިންސާފު ހޯއްދަވައިދެއްވަން ކުރަމުންދާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރިޟްވާނުގެ މައްސަލަ ތަޙުޤީޤުކުރުމުގައި އެހީތެރިކަން ހޯދުމަށްޓަކައި ރާއްޖެއިން ބޭރުން އިތުބާރުކުރެވޭ އިންވެސްޓިގޭޓަރެއް ގެނައުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ މި ޕޯސްޓާއި ގުޅިގެން ވެސް ޢުމަރު ވަނީ ފާޑު ވިދާޅުވެފައެވެ. މި ގޮތުން ޢުމަރުގެ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރިޟްވާންގެ މައްސަލައިގައި ކުރެވެންހުރި ހުރިހާ ކަމެއް އޭރުވެސް ކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ދޮގާއި އޮޅުވާލުން ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއްނުވިކަމަށް ވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: