ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒައިނާ, ޝަރީފަށް: ކޮވިޑް ފަތުރަން އުޅުއްވާ ހަޤީޤީ ބޭނުމަކީ ކޮބައިތޯ , ބަޔަކު ދުނިޔޭގައި ތިބެގެން އުނދަގޫވަނީތޯ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފަތުރަން އުޅުއްވާ ހަޤީޤީ ބޭނުމަކީ ކޮބައިތޯއާއި ބަޔަކު ދުނިޔޭގައި ތިބެގެން އުނދަގޫވަނީތޯއޭ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އިދިކޮޅު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރާއި ސުވާލެއް އަމާޒުކުރައްވައިފިއެވެ.

މެންބަރު ރޮޒައިނާ މިހެން ވިދާޅުވީ ހުކުރުދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއަށްފަހު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.

މި ގޮތުން އާދަމް ޝަރީފް ކުރެއްވި ޓުވީޓުގައި ވަނީ ރާއްޖޭގެ ސިޔާދަތީ (ބޭރުގެ ނުފޫޒެއް ނުފޯރާ އަމިއްލަ ވެރިކަން) ބާރުތައް ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ދިވެހިން ތިބީ ތައްޔާރަށްކަމަށް ވިދާޅުވެފައެވެ. އަދި ސިޔާދަތީ ބާރުތައް ދޫކޮށްލާނީ ޤައުމުގެ ޚާއިނުންކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ މި ޓުވީޓަށް ރިޕްލައިކުރައްވަމުން ރޮޒެއިނާ ވަނީ ތިޔައީ ހަމަ ތެދެއްކަމަށާއި ޤައުމުގެ ސިޔާދަތީ ބާރެއް ދޫކޮށްލައިފިއްޔާ ނިކުންނަވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޤައުމުގެ ސިޔާދަތީ ބާރު ރައްކާތެރިކަމާއެކު އޮތްއިރު މަގުތަކަށް ނިކުމެ ކޮވިޑް-19 ފަތުރަން މަސައްކަތްކުރާ ޙަޤީޤީ ބޭނުމަކީ ކޮބައިކަމާއި އެ ސަބަބެއް ނުވިސްނޭކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވަނީ ބަޔަކު ދުނިޔޭގައި ތިބެގެން އުނދަގޫވީތޯ އައްސަވައި ޝަރީފަށް ސުވާލު ރައްދުކުރައްވާފައެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގެ މަގުތަކުގައި ސައިކަލު ބުރު ބާއްވާފައިވާއިރު ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔުންތައް ރައްދުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: