ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަކީ ”ކަލްޓް“ ލީޑަރެއްގެ ގޮތުގައި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސިފަކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަކީ، މަޖިލީހުގެ ތާރީހުގައި ފެނިފައިވާ އެންމެ ހުދުމުހުތާރު ވެރިޔާކަމަށް ވިދާޅުވުމާއި އެކު، އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނަށް ކަލްޓު ފަލޮވާރޒްކަމަށް ކިޔަނީ އެމަނިކުފާނު ކޮންމެ ގޮތަކަށް އަމަލު ކުރެއްވި ނަމަވެސް އެކަމެއް ރަނގަޅުވާތީކަމަށެވެ. އަދި އެމަނިކުފާނު އަމަލުކުރައްވަމުންދަނީ މަޖިލީހުގެ ގަވައިދާ ހިލާފަަށްކަމަށްވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.
Ehenveema ey thee cult followers ey kiyanee. Cult leader kanthah kuraagoi buneema Waddey ah mududhaaru kankan rangalhuvey. RN jalah leegoi rangalhekey alhugandeh nubunaane miadhu emanikfaanu adhi gavaidhun beyrun amalu kuramun dhiyayas! Eyee thafaathaky Waddey aa alhuganduge. https://t.co/fXxT2oQZqj
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) October 26, 2022
މަޖިލީހުގެ ތަޅުމުގައި ގްރީން ޓެކްސްއާއިމެދު މަޝްވަރާ ކުރެވެމުންދިޔަ ވަގުތު، ރައީސް ނަޝީދުވަނީ އެނާގެ ފުރުސަތު މެދުކަނޑާލައި، ސައްހަ އަދަދުތަކެއް އޮޅުވާލުމަށް މަސައްކަތް ކުރައްވާފައިކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ބާރުގެ ބޭނުނުކޮށް މައިކު ކަނޑާލީ ރޮޒައިނާ ދެއްކެވި ވާހަކައާއިމެދު ހިތްހަމަ ނުޖެހުމުންކަމަށާއި ރައީސް ނަޝީދު ހުދުމުހުތާރުކަމަށް އެނާ ވިދާޅުވީ އެފަދަ އަމަލުތަކާއި ގުޅިގެންކަމަށް ރޮޒައިނާ އިޝާރާތްކުރެއްވިއެވެ.
ރޮޒައިނާ ވިދާޅުވީ، ހާޒިރުވެ އިންނެވި ވަޒީރަކު، ރައްޔިތުންނަށް ކަންކަން ސާފުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތަކަށްވެސް ރައީސް ނަޝީދު ހުރަސް އަޅުއްވާކަމަށެވެ. އަދި ހުރިހާ މެމްބަރުންގެ ”ހިތުގައި“ އޮތް ސުވާލުތައް އެމަނިކުފާނަށް އެނގިލައްވާކަމަށާއި، މެމްބަރުން އައްސަވަން ބޭނުންވާ ވާހަކަތައްވެސް ވަޒީރުންގެ ގާތުގައި އައްސަވަނީ އެމަނިކުފާނުކަމަށާއި، އެމަނިކުފާނުގެ އަމަލުތައް ބައްޓަންވެފައިވަނީ ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދުތަކާއި ހިލާފަށްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

