ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަމަށް އެއްވެސް ފަރާތަކުން އެދިފައި ނުވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ އެސްބީއައި އާއި އުރީދޫގެ އޮފީހުގެ އިތުރުން ގިނަ އޮފީސްތަކެއް ހުންނަ ގަދަގޭ މުހައްދުފުޅު ބިލްޑިންގާއި ”ކެފޭ ޓިއޯލޯ“ ހިންގަމުން އައި ދެ ބުރި އިމާރާތުގައި ހުކުރު ދުވަހުގެ ރޭ ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާއި އެ ދެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ބައެއް އިމާރާތްތަކުން މީހުން ހުސްކޮށް ވަގުތީ ހިޔާވަހިކަން ދޭންޖެހޭ މީހުންނަށް ކަލާފާނު ސްކޫލް އޮތީ ތައްޔާރު ކޮށްފައެވެ.

އެންޑީއެމްއޭ އިން ބުނީ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކު ބޯހިޔާވަހިކަމަށް މިހާތަނަށް އެދިފައި ނުވާ ކަމަށެވެ.
އަލިވާން ނިއްވާލުމަށް ހަރަކާތްތެރިވި ފަރާތްތަކުން އަލިފާންގަނޑު ކޮންޓްރޯލް އަދި ނިއްވާލުމުން މީހުން ދިރިއުޅޭ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު އެ އިމާރާތްތަކަށް މީހުން އަލުން ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
ހުކުރު ދުވަހުގެ ރޭގެ ހާދިސާގައި އަލިފާން ނިއްވާލެވުނީ ދަންވަރު 12:00 ޖަހައި ބޮޑުވި ފަހުންނެވެ. މި ބޮޑު އަލިފާނުގައި މީހަކަށް ގެއްލުމެއް ނުވެއެވެ.
އިން ބުނީ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކު ބޯހިޔާވަހިކަމަށް މިހާތަނަށް އެދިފައި ނުވާ ކަމަށެވެ.