މާދަމާއިން ފެށިގެން ހެނދުނު 6 ޖަހާއިރު ފިހާރަތައް ހުޅުވުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.
ކޮވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން ފިހާރަަތައް ހުޅުވާފަ ބެހެއްޓޭނެ ގަޑިތަކެއް އެ މިނިސްޓްރީން ވަނީ ކަނޑައަޅާއެވެ. އެގޮތުން ފިހާރަތައް ހުޅުވުމުގެ ހުއްދަ މީގެ ކުރިން ދީފައިވަނީ ހެނދުނު 9 އިން ފެށިގެން ރޭގަނޑު 9:30 އަށެވެ.
ނަމަވެސް އެ މިނިސްޓްރީން މިއަދު ބުނީ މާދަމާއިން ފެށިގެން ހެނދުނު 6 ކުން ފެށިގެން ރޭގަނޑު 9:30 އަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
ރޭގަނޑުގެ 8 އިން 10 އަށް ވެހިކަލް ދުއްވުން މަނާކުުރުމާއި ގުޅިގެން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ބުނެ ވިޔަފާރިވެރިން ވަނީ މީގެ ކުރިން އިހުތިޖާޖުވެސްކޮށްފައެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް މީގެކުރިން ވިދާޅުވައިފަނީ ކޮވިޑް19 އާއި ގުޅިގެން މިހާރުވެސް އެންމެ ބޮޑަށް ކުރަމުންދާކަމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުންކަމަށެވެ.

