ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުކުޅަހުގައި ހޯމް ކަރަންޓީންގައި ހުރި 66 އަހަރު އަންހެނަކު ނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އއ. އުކުޅަހުގައި ކަރަންޓީންގައި ހުރި މީހަކު ރޭ ނިޔާ ވެއްޖެއެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ އަންހެނެއް ކަމަށާއި އެމީހާ ނިޔާވެފައިވަނީ ރޭ 11 ޖަހާއެހާކަންހާއިރު ކަމަށެވެ.

އެ މީހާއަކީ މީގެ ދެ ދުވަހެއް ކުރިން މާލޭގައި ހުރުމަށްމަށްފަހު ރަށަށް ދިޔަ މީހެއް ކަމަށާއި، މިމީހާ ރަށަށް ގޮސްފައިވަނީވެސް ހިތުގެ ސާޖަރީއެއް ހެދުމަށްފަހުކަމަށެވެ. މި އަންހެން މީހާއަކީ އެކި ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހެއްކަމަށްވެސް ޝައުކަތު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމީހާ ރަށަށް ގޮސްފައިވަނީވެސް ކޮވިޑަށް ޓެސްޓް ކުރުމަށް ފަހު ކަމަށާއި ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ. އަދި އޭނާ ރަށުގައި ހުރި އިރުވެސް ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަވެފައި ނުވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: