ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ ކައުންސިލަށް މެމްބަރުން އައްޔަން ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ ކައުންސިލް މެމްބަރުން އޮޑިޓަރ ޖެނެރަލް އައްޔަން ކުރައްވައިފިއެވެ.

މި އިންސްޓްޓިއުޓްގެ ކައުންސިލް މެމްބަރުން ކައުންސިލްގެ ރައީސް، އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔާތު އައްޔަން ކުރައްވާ ފަތްކޮޅު ހަވާލު ކޮށްފައިވަނީ އެކަމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ބޭއްވި ހާއްސަ ޖަލްސާގައެވެ.

އެކައުންޓެންސީ ޕްރޮފެޝަންގެ ތެރެއިން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ބޭފުޅުންގެ ތެރެއިން އޮޑިޓަރ ޖެނެރަލް ޢައްޔަން ކުރެއްވި މެމްބަރުންނަކީ ކްރޯވް މޯލްޑިވްސްގެ އޮޑިޓް ޕާޓްނަރ ޙަސަން މުޙައްމަދާއި، ޕްރޫޑަންޓް ޗާޓަރޑްގެ މެނޭޖިންގ ޕާޓްނަރ ޔައުޤޫބް ޢަބްދުﷲ އާއި، އެފް.ޖޭ.އެސް އެސޯސިއޭޓްސްގެ މެނޭޖިންގ ޕާޓްނަރ ފަރީހާ ޝަރީފްގެ އިތުރުން މެރިއަޓް އިންޓަރނޭޝަނަލްގެ ކޮމްޕްލެކްސް ޑިރެކްޓަރ އޮފް ފިނޭންސް މާލިކް މުޙައްމަދު އެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އައްޔަން ކުރެއްވި މެމްބަރުންނަކީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއާއި، ޑިރެކްޓަރ އޮފް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް އެންޑް ސްޓެޗުޓަރީ ބޮޑީސް އޮޑިޓް، ޗީފް އިންޓާނަލް އޮޑިޓަރ އިބްރާހިމް ފަޒީލްއެވެ.

މީގެ އިތުރުން ކައުންސިލްގައި ހިމެވަޑައިގަންނަވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލާއި، ފައިނޭންޝިއަލް ކޮންޓްރޯލަރ ފާތިމަތު ރަޒީނާއެވެ. އިންސްޓްޓިއުޓް އުފެދޭތާ ފުރަތަމަ 4 އަހަރު އިންސްޓްޓިއުޓް ހިންގުމުގެ މަސައްކަތް ކުރާނީ މި ކައުންސިލުންނެވެ.

ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ”އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް“ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އުފައްދަވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: